ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ފުރަތަމަ ދުވަސް: 282 މީހަކު ވެކްސިން ޖަހައިފި

Feb 1, 2021
6

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި މިއަދު ރަސްމީކޮށް ފަށާފައިވާއިރު މިއަދު 282 މީހަކު ކޮވިޑް ވެކްސިން ޖަހާފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ. ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ފައްޓަވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ފުރަތަމަ ރާއްޖޭގައި ވެކްސިން ޖެއްސެވީ އައިޖީއެމްއެޗްގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ޝިރާނީ އަބްދުއްރަހުމާނެވެ. އެ ޑޮކްޓަރަށް ފަހު މިއަދު ވެކްސި ޖެއްސެވި އިސްވެރިންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ބައެއް ވަޒީރުން ހިމެނެ އެވެ.

ފުރަތަމަ ރާއްޖޭގައި ވެކްސިން ޖެއްސެވީ އައިޖީއެމްއެޗްގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ޝިރާނީ އަބްދުއްރަހީމެވެ. އެ ޑޮކްޓަރަށް ފަހު މިއަދު ވެކްސި ޖެއްސެވި އިސްވެރިންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ބައެއް ވަޒީރުން ހިމެނެ އެވެ.

މާލޭ ސިޓީގައި މިއަދު އޭޑީކޭގެ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ކުރިޔަށް ގެންދިޔަ އެވެ. ހދ. ކުޅުދުއްފުއްޓާއި އައްޑޫ ހިތަދޫގެ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި ވެސް މިއަދު ވެކްސި ޖަހަން ވަނީ ފަށާފަ އެވެ. އެޗްއީއޯސީން ބުނީ މިއަދު 282 މީހަކަށް ކޮވިޑް ވެކްސިން ދީފައިވާ ކަމަށެވެ.

ރާއްޖޭގައި މިއަދު ޖަހަން ފެށީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ވެސް ހަދާފަ އެވެ.

ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ދޭ ނިންމަން އުންމީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ވިދާޅުވެފައެވެ. ރައީސް ސޯލިހު ވިދާޅުވީ ކޮވިޑަށް ފަހު ވެސް މިވަގުތު ރާއްޖެ މިހާރު މިއޮތް ހާލަތަށް އައީ ހެލްތު އޮފިޝަލުންނާއި ރައްޔިތުން ކުރި މަސައްކަތުން ކަމަށާއި އެ ފަރާތްތަކުގެ ލަފައާ އިރުޝާދަށް ރައްޔިތުން ބޯލަނބާފައިވާ ކަމަށެވެ. އަދި އެ މަނިކުފާނު އުންމީދު ކުރައްވަނީ ވެކްސިން ޖެހުމުގައި ހުރިހާ ރައްޔިތުން ބައިވެރިވުން ކަމަށާއި ވެކްސިން ޕްރޮގްރާމް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ކަމަށެވެ.

"އަޅުގަނޑު އުންމީދަކީ ކުރަނީ ވެސް އަދި އަޅުގަނޑުގެ އިލްތިމާސަކީ ހުރިހާ ރައްޔިތުން މިކަމުގައި ބައިވެރިވެ ވަޑައިގެން، އަޅުގަނޑުމެންނަށް މިކަމުގައި ކުރިިމަތިވެފައި މިވާ ދަތި އުނދަގުލުން ސަލާމަތްވުމަށް ޓަކައި އެކުގައި މަސައްކަތް ކުރުން،" ރައީސް ވިދާޅުވި އެވެ.