ދުނިޔެ

އިންޑިއާ ދިފާއި ކެޕިޓަލް ބަޖެޓް ބޮޑުކުރަނީ

އިންޑިއާއިން މިއަހަރު ދިފާއީ ކެޕިޓަލް ބަޖެޓް ގާތްގަޑަކަށް 19 ޕަސެންޓަށް އިތުރު ކުރަން ހުށަހަޅައިފި އެވެ. އިންޑިއާ އާއި ޗައިނާއާ ދެމެދު ގުޅުން އެހާ ރަނގަޅުނޫން ދުވަސްވަރެއްގައި ދިފާއީ ކެޕިޓަލް ބަޖެޓް ބޮޑުކުރާ ސަބަބާ މެދު މީޑިއާއިން ސުވާލު އުފައްދަ އެވެ.

ޑިފެންސުން ބަޔާނެއް މެދުވެރިކޮށް ބުނެފައި ވަނީ ބޭނުމަކީ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުން ކަމަށާއި ވަސީލަތްތައް ޒަމާނީކުރަން ވެސް ހޭދަކުރާނެ ކަމަށެވެ.

އިންޑިއާއިން ދިފާއީ ވަސީލަތްތަކަށް ހޭދަކުރާ މިންވަރު އިތުރުކުރަން ވިސްނާއިރު، ލަޅަކް ޕްރޮވިންސްގައި އިންޑިއާ އާއި ޗައިނާ ދޭތެރެ ދޭތެރެއިން ކުރިމަތިލައި ދަނީ ހަމަނުޖެހުން ހިންގަމުންނެވެ. މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި އިންޑިއާއަށް މިހާރު ވަނީ އެ ގައުމާ ދެކޮޅަށް ކުޅޭ ދެޓީމްގެ ކުޅުން ހުރި ގޮތް ބަލަންޖެހިފަ އެވެ. ޗައިނާއާ ޕާކިސްތާން އެވެ.

ރިޓަޔާޑް އިންޑިއަން އާމީ އޮފިސަރު، ދީޕެންދްރާ ސިންގް ހޫދާ ބުނީ ދިފާއީ ބާރުތައް ޒަމާނީކުރުމަށް ބަޖެޓަށް ކިތަންމެ ކުޑަ މިންވަރެއް އިތުރުކުރުމަކީ ވެސް އެދެވިގެންވާ ކަމެއް ކަމަށާއި މިފަހަރު ލަފާކޮށްފައިވާ އަދަަދަކީ ވެސް މުޅި ޕްރޮޖެޓަށް ފުދޭ މިންވަރެއް ނޫން ކަމަށެވެ.

އިންޑިއން އާމީގައި ކުރިން މަސައްކަތްކުރި އޮފިޝަލުންގެ ވިސްނުން ހުރީ ދިފާއި ތަރައްގީއަށް ކުރާ ހޭދަ އިތުރުކުރުމަށެވެ. ގައުމުގެ ހާލަތު އޮތް ގޮތުން މިފަހަރު ހުޅަހަޅާފައި ވަނީ ވެސް ކަމުދާ އަދަދެއް ކަމަށާއި އެހެނިހެން ހޭދައަށް ވުރެ ތަނަވަސްކަމެއް މިލިޓަރީ ބަޖެޓްގައި އޮންނަންވާނެ ކަމަށް އެމީހުން ބުނެ އެވެ.

އިންޑިއާގެ ފައިނޭންސް މިނިސްޓަރު، ނިރްމަލާ ސިތަރާމަން މިހާރު ވަނީ ޕާލަމެންޓަށް ބަޖެޓް ހުށަހަޅުއްވާފަ އެވެ. ސިއްހަތާ ތަރައްގީއަށް އަމާޒުކޮށް ހުށަހެޅުއްވި ބަޖެޓާ މެދު ދެން އޮންނާނީ ބަހުސްކޮށް މަޝްވަރާކުރުމެވެ.