ހަބަރު

ނައިބު ރައީސުގެ މަގާމު ރާއްޖެއަށް ފިޓްތޯ ވިސްނަންޖެހިއްޖެ: ނިހާން

Oct 27, 2015
1

ނައިބު ރައީސްގެ މަގާމަކީ ރާއްޖެ އަށް ބޭނުން މަގާމެއްތޯ ވިސްނަންޖެހިއްޖެ ކަމަށާއި މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު މިރޭ ވިދާޅުވެއްޖެއެެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު މިރޭ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވިދޅުވީ ރާއްޖޭގައި މިހާރު ނައިބު ރައީސް ކަމުގެ މަގާމުގެ ވާހަކަ މީހަކު ދައްކަން ވެސް ބިރުގަންނަ ހިސާބަށް ކަންކަން ހިނގައްޖެ ކަމަށާއީ ގާނޫނުއަސާސީގައި އޮތް ނައިބު ރައީސް މަހުފޫމަަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށަން ޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިފަހަރުވެސް ނައިބު ރައީސެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މި ވެއްދީ މަގާމަށް ވަޑައިގެންނެވިތާ 90 ވަރަކަށް ދުވަހުގެ ތެރޭގައި ކަމަށެވެ.

" ނައިބު ރައީސްގެ މަގާމަކީ ރާއްޖޭގެ މި މިނިވަން ޑިމޮކްރެޓިކް ވެއްޓަށް ފިޓް ނޫން މަގާމެއް ކަމާމެދު ސީރިއަސް ސިފައެއްގަ ގަބޫލުކުރެވޭ ހިސާބަށް މިކަން ހިނގައްޖ،" ނިހާން ވިދާޅުވި އެވެ.