އަހުމަދު ނިހާން ހުސައިން މަނިކު

ނިހާންގެ ފާޑު ކިޔުުން ޑރ ޖަމީލަށް

ވިލިމާލެ ދާއިރާއަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދް ޖަމީލް އަހުމަދު ވާދަ ކުރައްވާކަން އިއުލާން ކުރެއްވުމުން، ވިލިމާލެ ދާއިރާގެ މިހާރުގެ މެމްބަރު، އަހުމަދް ނިހާން ހުސެން މަނިކު އެކަމަށް ފާޑު ވިދާޅުވެއްޖެ އެވެ.

ނިހާން ވިދާޅުވީ، މާލެ އަދި ވިލިމާލެ، ފާލަމަކުން ގުޅާލުމުގެ މަޝްރޫއު ވަނީ ޔާމީންގެ މެނިފެސްޓޯގައި ހިމަނާފައި ކަމަށެވެ. އަދި ތިލަފުށި ގުޅާލާ ވިލިމާލެ-2 ނަމުގެ ތަރައްގީ ކުރަން މެނިފެސްޓޯގައި ހިމެނި ވައުދު ޖަމީލް ފުރިހަމަ ކުރައްވާނީ، ކިހިނަކުންތޯ ނިހާން ވަނީ ސުވާލު ކުރައްވައިފަ އެވެ.

ނިހާން މިމޭރުމުން ޓުވީޓު ކުރައްވާފައިވާއރު، ޑރ. ޖަމީލް ވިލިމާލެ ދާއިރާއަށް ވާދަ ކުރައްވާކަން އިއުލާން ކުރައްވަމުން ވިދާޅުވީ، ވިލިމާލެ ދާއިރާގެ ރައްޔިތުންނަށް ހައްގު މިންވަރު ހޯދައި ދޭންޖެހޭ ކަމަށާއި، އެ މަސައްކަތް ކުރުން މިހާރުވެސް މާ ބޮޑަށްލަސްވެފައިވާކަމަ ށެވެ.

ޑރ. ޖަމީލް " އަވަސް " ވިދާޅުވެފައިވަނީ، ވިިލިމާލެއަށް ވަރަށް ގިނަ ކަންތަށް ކޮށްދެވެން އެބަހުރި ކަމަށާއި އޭނާ ހޮވެއްޖެ ނަމަ ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށެވެ. ވިލިމާލެ މިހާރު ތަމްސީލް ކުރައްވާ، ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން ކުރިމަތިލައްވަން ނިންމަވާފައި ވަނީ، އޭނާގެ އުފަން ރަށް ތިނަދުއަށް ނިސްބަތްވާ، ތިނަދޫ ދެކުނު ދާއިރާއަށެވެ.