ޑރ. މުހައްމަދު ޖަމީލް އަހުމަދު

"އެމްޑީޕީގަައި އަބަދުވެސް އޮތީ އަނިޔާވެރިކަން"

ކުރީގެ ނާއިބު ރައީސް އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް: އެމްޑީޕީއަށް ފާޑުވިދާޅުވި --
100%
0%
0%

ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގައި އަބަދުވެސް އޮތީ އަނިޔާވެރިކަން ކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެ އެވެ.

ޖަމީލްގެ ފާޑުވިދާޅުވުން އެމްޑީޕީއަށް އަމާޒު ކުރެއްވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ބައެއް މީހުން ވަޒީފާތަކުން ވަކިކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެމްޑީޕީގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލާގައި އެމްޑީޕީގެ މެންބަރުން ބައިބައިވެ ކުރެއްވި ބަހުސަށް ރައްދު ދެއްވަމުންނެވެ.

މިއަދުގެ ބަހުސްގައި ރައީސް ނަޝީދާއި ރައީސް ސޯލިހަށް ތާއީދު ކުރާ މެންބަރުންގެ މެދުގައި ވަނީ ހޫނު ބަހުސްތަކެއް ހިނގާފައެވެ. ރައީސް ސޯލިހަށް ފާޑުވިދާޅުވި އެމްޑީޕީގެ މެންބަރުން ވަނީ ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް ވަރަށް ފާޅުކަން ބޮޑުކޮށް ސަރުކާރަށް ތުހުމަތު ކުރައްވާފައެވެ.

އެކަމަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވީ އެމްޑީޕީގެ އިންސާފުގެ އޮޑި މިސްރާބު ގެއްލި ކައްޕިވެސް ރުޅިގަދަވެފައިވާ ކަމަށެވެ. އަދި އަމިއްލަ ޕާޓީ މީހުންނަށްވެސް ވަޒީފާގެ ރައްކާތެރިކަމެއް މިއަދު ނެތް ކަމަށް ވިދާޅުވިއެވެ. އެމްޑީޕީއަކީ "އަނިޔާވެރި" ޕާޓީއެއްގެ ގޮތުގައި ސިފަ ކުރައްވާ ޖަމީލް ވިދާޅުވީ ސަރުކާރުގެ އަމަލު ތަކުން ހާމަވެގެން ދަނީ އެމްޑީޕީއަކީ ވެރިކަމާ 100 ފޫޓަށްވެސް ކައިރިކުރަން ހެޔޮވާވަރުގެ ބައެއް ނޫން ކަމެވެ.

"އެމްޑީޕީގެ އިންސާފުގެ އޮޑި މިސްރާބު ގެއްލި ކައްޕިވެސް ރުޅިގަދަވެއްޖެ. އަމިއްލަ ޕާޓީ މީހުންނަށްވެސް ވަޒީފާގެ ރައްކާތެރިކަމެއް ނެތް. އަނިޔާވެރިވުން ނޫން ކަމެއް އެއްއިރެއްގައިވެސް އޮތް ޕާޓީއެއްނޫ ން. ހާމަވެގެން މިދަނީ ވެރިކަމާ 100 ފޫޓަށްވެސް ކައިރިކުރަން ހެޔޮވާވަރުގެ ބައެއް ނޫންކަން،" ޖަމީލް ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ބައެއް މީހުން ވަޒީފާތަކުން ވަކިކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެމްޑީޕީގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލައަކީ ސަރުކާރަށް ޖެއްސުންކޮށް ސަރުކާރުން ވައްޓާލުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް ރައީސް ސޯލިހަށް ވަފާތެރި ބައެއް މެންބަރުން ވަނީ ސިފަކޮށްފައެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ދެ

އެހެންވެ ޖަމީލު ތިހިރި ސަލާމަތުން އަރުވާ ނުލެވި ދެން ގޮވާ ގުދޯ ގުދޯ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345