ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކެންދޫ

ކެންދުއަށް އަރާ ފޭބުން މަނާކޮށްފި

ބ. ކެންދޫއަށް އަރާ ފޭބުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިން އަށް ލައިފި އެވެ.

އެ ރަށް މޮނިޓަރިންއަށް ލާފައިވަނީ އެ ރަށުން ޕޮޒިޓިވްވި މީހަކާއި ބަޔަކު ކޮންޓެކްޓްވެފައިވާތީ އެވެ. ޕޮޒިޓިވްވެފައިވަނީ އެ ރަށުގައި ހޯމް ކަރަންޓީންގައި ހުރި މީހެކެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ ކަރަންޓީނުން ދޫކޮށްލުމަށް ހެދި ޓެސްޓުންނެވެ. ކެންދޫ މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓްރޭސިންގެ މަސައްކަތް ނިންމާ އެ ރަށުގައި ބަލި ނެތްކަން ޔަގީން ކުރެވެންދެނެވެ.

މިރޭ ޕޮޒިޓިވް ކޭސްތަކެއް ފެށި ހުޅުމީދޫއަށް އަރާ ފޭބުންވެސް ވަނީ މަނާކޮށްފައެވެ. އެޗްޕީއޭއިން ބުނީ މީގެ ހަފުތާއެއްގެ ކުރިން ސ. ހުޅުދޫއަށް ފުރަބަންދު ކަރަންޓީީންއަށް ދިއަ ދެ މީހަކު ޕޮސިޓިވްވެފައިވާ ކަމަށެވެ. އަދި މިއަދު ކޮވިޑް-19ގެ އަލާމާތްތައް ފެނިގެން ޓެސްޓް ކުރި ހަތަރު މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. ހުޅުމީދޫ މޮނިޓަރިންއަށް ލާފައިވަނީ އެ ކޭސްތަކާއި ގުޅިގެން ކޮންޓެކްޓްރޭސިންގެ މަސައްކަތް ނިމެންދެނެވެ.