ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

55 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށަނީ

މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ އުމުރުން 55 އަހަރުން މަތީ މީހުންނަށް މާދަމާ ކޮވިޑް ވެކްސިން ދޭން ފަށަން ނިންމައިފި އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ކޮވިޑް ވެކްސިން ޖަހަން ރަޖިސްޓްރީވާން ވަނީ ހުޅުވާލާފައެވެ. މިވަގުތު ވެކްސިން ޖަހައިދެނީ ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ ފްރަންޓްލައިން މުވައްޒިފުންނާއި އުމުރުން ދުވަސްވީ މީހުންނަށެވެ.

އެޗްޕީއޭއިން މިރޭ ބުނީ އުމުރުން 55 އަހަރުން މަތީ މީހުންނަށް މާދަމާ ކޮވިޑް ވެކްސިން ދޭން ފަށާނެ ކަމަށެވެ. މި އުމުރުގެ މީހުން ސޯޝަލް ސެންޓަރުގައި ގާއިމުކޮށްފައިވާ ވެކްސިން ސެންޓަރަށާއި ހުޅުމާލެ ވެކްސިން ސެންޓަރަށް އަދި ވިލިމާލެ ޔޫތު ސެންޓަރަށް ދިއުމަށް ވަނީ އެދިފައެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 9 ކުން ހަވީރު ފަހަކަށް ވެކްސިން ޖަހައިދޭނެ ކަމަށްވެސް ބުންޏެވެ.

ވެކްސިން ޖަހަން ދާއިރު އައިޑީކާޑު ގެންދިއުމަށާއި ބޭނުންކުރާ ބޭހެއް ވާނަމަ އެ ބޭހެއްގެ މައުލޫމާތު އެނގޭނެހެން ދިއުން އަދި ގަޔަށް ދޫ ހެދުމެއްގައި އައުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން ރަނގަޅަށް ކައިގެން އައުމަށާއި ފެންފުޅިއެއް ގެނައުމަށްވެސް އެޗްޕީއޭއިން އެދިފައިވެއެވެ. ވެކްސިން ޖަހަންދާ މީހަކީ ބަލީގެ އެއްވެސް އަލާމާތެއް ހުރި އަދި ކަރަންޓީންގައި ހުރި މީހަކަށް ވެގެން ނުވާނެ އެވެ.

އްޖޭގައި ކޮވިޑް ވެކްސިން ދޭން ފެށީ މިދިޔަ ހޯމަ ދުވަހުއެވެ. ފުރަތަަމަ ދުވަހު 282 މީހަކު ކޮވިޑް ވެކްސިން ޖެހިއެވެ. އަދި ދެވަނަ ދުވަހު 554 މީހަކަށް ވެކްސިން ދީފައިވެއެވެ. ތިންވަނަ ދުވަހު ވެކްސިން ދީފައިވަނީ 742 މީހަކަށެވެ. އިއްޔެ ވަނީ 1،626 މީހަކަށް ވެކްސިން ދީފައެވެ. މިއަދު ވެކްސިން ދިނީ 1،003 މީހަކަށެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ދިން 787 މީހަކާއި އަތޮޅުތަކުން ވެކްސިން ދިން 216 މީހެކެވެ.

މިހާތަނަށް މާލެ ސަރަހައްދުން 3،573 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަދި އަތޮޅުތަކުން 696 މީހަކަށް ވެކްސިން ދީފައިވެއެވެ.