ގއ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ ޕާކް ހަޔަޓް، ހަޑަހާ ރިސޯޓު އަލުން ހުޅުވައި ހިދުމަތަށް ގެނެސްފި އެވެ.
ޕާކް ހަޔަޓް ކުންފުނިން ރާއްޖޭގައި ހިންގާ މި ރިސޯޓު އަލުން ހުޅުވައި މި މަހުގެ އެއްވަނަ ދުވަހު ވަނީ ފުރަތަމަ ޓޫރިސްޓު ރިސޯޓަށް ގޮސްފަ އެވެ.
ހަޑަހާ ރިސޯޓަކީ ހިތްގައިމު ރީތި ރިސޯޓެވެ. އެ ރިސޯޓުގައި ދިވެހި ވަންތަ ފަރުމާތަކެއް ގެނެސްފައިވާ 51 ވިލާ ހުންނައިރު އެ ތަންތަނަކީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ މެދުގައި ކުރިން ވެސް ވަރަށް މަގުބޫލު ތަންތަނެވެ.
ހަޑަހާ ރިސޯޓުން ތަރައްގީކޮށް އާ ހިދުމަތްތަކެއް ތައާރަފު ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ވަރަށް އަވަހަށް މުޅިންއާ ޕްރެޒިޑެންޝަލް ވިލާތަކެއް ވެސް ހުޅުވާނެ އެވެ.
ޕާކް ހަޔަޓް ހަޑަހާ ރިސޯޓު ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި މަގުބޫލުވެފައި ވަނީ ހަނީމޫން ރިސޯޓެއްގެ އިތުރުން އާއިލާ އެއްކޮށް ޗުއްޓީ ހޭދަކޮށްލަން ހިތްގައިމު ރަށެއްގެ ގޮތުގަ އެވެ.