ހަބަރު

ސަމަދު ހޮސްޕިޓަލްގެ މަސައްކަތު އަޕްޑޭޓް ދީފި

ގދ. ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު އެމްޓީސީސީން ކުރާ މަސައްކަތަތްތަކުގެ އަޕްޑޭޓެއް މިއަދު ދީފި އެވެ.

އެމްޓީސީސީން ބުނީ، އެ ހޮސްޕިޓަލް ބޮޑު ކުރުމާއި މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ހަލުއިކަމާއެކު ކުރިއަށް ދާ ކަމަށެވެ.

އެމްޓީސީސީން އެ ހޮސްޕިޓަލްގައި ފަށާފައިވާ މަސައްކަތްތަކުގައި ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތާއި، ވިއްސާ ކޮޓަރި ހުންނަ އިމާރާތުގެ އެކްސްކަވޭޝަން މަސައްކަތާއި ކޮންކްރީޓް މަސައްކަތް ފަށާފައި ވެއެވެ.

އޯޕީޑީ އިމާރާތުގެ 40 ޕަސެންޓް ނިމިފައިވާކަމަށް ވެސް މިއަދު ދިން މައުލޫމާތުގައި ބުނެފައި ވެއެވެ.