ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގދ. ތިނަދޫ

އަނެއްކާވެސް ގދ. ތިނަދޫއަށް އަރައި ފޭބުން މަނާކޮށްފި

އަނެއްކާވެސް ގދ. ތިނަދޫ މޮނީޓަރިންއަށް ލައި އެ ރަށަށް އަރައި ފޭބުން މަނާކޮށްފި އެވެ.

ތިނަދޫއަށް ދިޔަ ޖެންޑާ މިނިސްޓްރީގެ ދެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމުން އެ ރަށް މޮނީޓަރިންގެ ހާލަތަށް ލުމަށް ފަހު އެ ހާލަތު އުވާލީ މިދިޔަ ހުކުރު ދުވަހު އެވެ.

އެޗްޕީއޭއިން ބުނީ މިފަހަރު ތިނަދޫ މޮނީޓަރިންގެ ހާލަތަށް ލީ އައްޑޫ ސިޓީން ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވި މީހަކު ތިނަދޫއަށް ދިޔަ ފަހުން ޕޮޒިޓިވްވުމުން ކަަމަށެވެ.

ތިނަދޫން ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު މި ފަހުން ކޮންމެ ދުވަހަކުވެސް 100 ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވަމުން ދެއެވެ. އެކަމާއި ގުޅިގެން އުސޫލުތައް ހަރުކަށިކޮށް ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ. އެޗްޕީއޭގެ ހާއްސަ ހުއްދައިގެ ދަށުންވެސް މިހާރު ރަށްރަށަށް ދެވޭނީ ކޮވިޑްގެ ނެގެޓިވް ނަތީޖާއަކާއެކުގައެވެ.