ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މާސްކު ނާޅާނަމަ ހުރިހާ ރަށެއްގައި ޖޫރިމަނާ

ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އަޅަން މަޖުބޫރުކޮށް، މާސްކު ނާޅާ މީހުން ޖޫރިމަނާ ކުރާނެކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކުއަޅަން މަޖުބޫރު ކުރީ ކޮވިޑް-19ގެ ހާލަތު ގޯސްވަމުން އަންނާތީ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. ކުރިން މާސްކު އަޅަން މަޖުބޫރު ކޮށްފައި ވަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުން އެކަންޏެވެ.

އެހެންނަމަވެސް ދެ އަހަރުން ދަށުގެ ކުދިންނާއި، ކަސްރަތު ކުރާ ވަގުތު އަދި އެހެން މީހެއްގެ އެހީއާއި ނުލައި މާސްކު ނޭޅޭ މީހުންގެ އިތުރުން ކެފޭތަކުގައި ހިދުމަތް ހޯދާ ވަގުތުތަކުގައި މާސްކު އެޅުން އިސްތިސްނާވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މާސްކު ނާޅާ މީހުން 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑަށް ޕޮޒިޓިވްވެފައިވާ 16،656 މީހުން އެބަ ތިއްބެވެ. މާލޭ ސަރަހައްދުގެ އިތުރުން އަތޮޅުތެރެއާއި ރިސޯތުތަކުގައި ވެސް ކޮވިޑްގެ އިތުރު ކޭސްތައް މިދުވަސްކޮޅު ފެންނަ އަދަދު އަންނަނީ ގިނަވަމުންނެވެ.