ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައްޑޫ ސިޓީ

އައްޑޫ ކްލަސްޓާ: 44 ޕޮޒިޓިވް، 100 ކޮންޓެކްޓް

ސ. ހިތަދޫ ކްލަސްޓާ އަދި އެ އަތޮޅޫ ހުޅުމީދޫ ކްލަސްޓާއިން މިހާތަނަށް 44 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އައްޑޫގައި ކޮވިޑްގެ ދެ ކްލަސްޓާއެއް އުފެދިފައި ވެއެވެ. އެއީ ހުޅުމީދޫ ކްލަސްޓާއާ ހިތަދޫ ކްލަސްޓާ އެވެ.

އައްޑޫ ސިޓީ މިވަގުތު އޮތީ އެޗްޕީއޭގެ މޮނިޓަރިންގަ އެވެ. އެ ރަށުން ފުރަތަމަ ބަޔަކު ޕޮޒިޓިވްވީ ހުޅުމީދޫންނެވެ. ހުޅުމީދޫގައި ޕޮޒިޓިވްވީ އެމްޓީސީސީ ސައިޓްގައި ތިބި ބިދޭސީންގެ ބައެކެވެ. އެ ތަނުން މިހާތަނަށް 25 މީހަކު ޕޮޒިޓިވްވެފއި ވެއެވެ.

އައްޑޫ މޮނިޓަރިންއަށް ގެންދިޔައީ އެ ސިޓީގެ ވެރިރަށް ކަަމަށްވާ ހިތަދޫން ދެ މީހަކު ޕޮޒިޓިވް ވެގެނެވެ. އަދި އެ ކްލަސްޓާ ބޮޑުވެ ހަތަރު ރަށެއްގައި އެ ކްލަސްޓާއާ ގުޅުންހުރި މީހުން މިހާރު އެބަތިއްބެވެ. އެ ކްލަސްޓާއާ ގުޅުންހުރި 19 މީހަކު މިހާރު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

އެޗްއީއޯސީން ބުނީ ހިތަދޫން ޕޮޒިޓިވްވި ދެ މީހުންނާއި ގުޅުންހުރި ކޮންޓެކްޓެއް ތިނަދޫގައި ހުރި ކަމަށާ އޭނާގެ ސާމްޕަލް ނަގާ ޓެސްޓްކުރި ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ކޭސްއާ ގުޅިގެން ތިނަދޫވެސް ވަނީ މޮނިޓަރިންއަށް ލާފަ އެވެ.

ހިތަދޫ ކްލަސްޓާއާ ގުޅުންހުރި 100 ކޮންޓެކްޓުން އެބަތިއްބެވެ.