ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައްޑޫ ސިޓީ

އައްޑޫގައި ފިޔަވަޅުތައް ވަރުގަދަކޮށްފި

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އައްޑޫ ސިޓީގައި ފިޔަވަަޅުތައް ވަރުގަދަ ކޮށްފި އެވެ.

އެގޮތުން މާދަމާއިން ފެށިގެން އަމަލުކުރަން ޖެހޭ ގިނަ ފިޔަވަޅުތަކެއް ވަނީ އާންމުކޮށްފައެވެ. ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރެފައިވާ އެންގުމުގައި މާދަމާއިން ފެށިގެން އަމަލު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ވެއެވެ.

އައްޑޫ ސިޓީގައި އެޅި ފިޔަވަޅުތައް

  • ރޭގަނޑު 8 ކުން ފަތިހު 4އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ،
  • މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާ،
  • ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާ،
  • އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުން،
  • އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުން،
  • އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވުން މަނާ،
  • ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރުން،
  • ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓާލުން،
  • ޔުނިވާސިޓީތަކާއި ކޮލެޖް، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓާލުން،
  • ހޮޓާ/ކެފޭ، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުން
  • މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުން

އައްޑޫ ސިޓީގައި ދެ ކްލަސްޓާއެއް ވަނީ އުފެދިފައެވެ. މިހާތަނަށް އެ ސިޓީން 48 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެޗްޕީއޭއިން މިރޭ ވަނީ އެ ސިޓީގައި ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ.