ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

45 އަހަރުން މަތީ ބަލި މީހުންގެ ވެކްސިން ފަށަނީ

މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ 5045 އަހަރުން މަތީ މީހުނަށް މާދަމާ ކޮވިޑް ވެކްސިން ދޭން ފަށަން ނިންމައިފި އެވެ. ނަމަވެސް އެ އުމުރުގައި ވެކްސިން ދޭނީ ދިގުމުއްދަތަށް ބޭސްކުރަމުންދާ މީހުންނަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދާ މީހުންނާއި އެ ބައްޔަށް ފަރުވާކޮށް ނިމި އަހަރެއް ހަމަނުވާ މީހުންގެ އިތުރުން ހަކުރުބަލި ހުންނަ މީހުނާއި ހިތުގެބަލިތައް ހުންނަ މީހުނާއި ސްޓްރޯކް ޖެހުން ފަދަ ބައްޔެއްގައި އުޅޭ މީހުނާއި ކިޑްނީބަލިތަކުގެ މީހުނާއި ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުންކުރާ ބޭހެއްގެ ސަބަބުން ދިފާއީ ބާރުދަށް ވެފައިވާ މީހުނެވެ.

އަދި ދިގުމުއްދަތަކަށް ފުރަމޭގެ ބައްޔެއް ތަހައްމަލު ކުރަމުންދާ މީހުނާއި އިސްކޮޅާއި އަޅާ ބަލާއިރު ބަރުދަންމަތި މީހުނާއި ތެލެސީމިއާ / ސިކްލްސެލް އެނީމިއާ ހުންނަ މީހުން ވެސް ހިމެނެ އެވެ.

މި އުމުރުގެ މީހުން ސޯޝަލް ސެންޓަރުގައި ގާއިމުކޮށްފައިވާ ވެކްސިން ސެންޓަރަށާއި ހުޅުމާލެ ވެކްސިން ސެންޓަރަށް އަދި ވިލިމާލެ ޔޫތު ސެންޓަރަށް ދިއުމަށް ވަނީ އެދިފައެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 5:00 ވެކްސިން ޖަހައިދޭނެ އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ކޮވިޑް ވެކްސިން ޖަހަން ރަޖިސްޓްރީވާން ވަނީ ހުޅުވާލާފަ އެވެ.