ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮޅުފުށީގައި މޮނީޓަރިންގެ ހާލަތު އުވާލައިފި

ގިނަ މީހުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވި މ. ކޮޅުފުށީގެ ހާލަތު މިހާރު ރަގަޅުވުވެފައިވާތީ އެރަށުގައިވާ މޮނީޓަރިންގެ ހާލަތު އުވާލައިފި އެވެ.

އެޗްޕީއޭ އިން މިއަދު އެރަށު ކައުންސިލަށް ފޮނުވާފައިވާ ލިޔުމެއްގައި ބުނީ، އެރަށުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު މިހާރު އެރަށުގައި މޮނީޓަރިން ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން މޮނީޓަރިންގެ ހާލަތުގައި އަޅާފައިވާ އެންމެހާ ފިޔަވަޅުތައް މިއަދުން ފެށިގެން އުވާލެވިފައިވާ ކަަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

އެރަށް މޮނީޓަރިންގެ ހާލަތަށް ލާފައި ވަނީ މިދިޔަ ޖެނުވަރީ 24 ވަނަ ދުވަހު އެވެ. އެރަށް މޮނިޓަރިންއަށް ގެނައީ އެ ރަށުން މާލެ އައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެމީހާ ބައްޔަށް ޕޮޒިޓިވްވީ ޖެނުވަރީ 24 ވަނަ ދުވަހުއެވެ. އޭނާ މާލެ އައީ އޭގެ ދެ ދުވަސް ކުރިންނެވެ. އެ ކޭސްއާ ގުޅިގެން އެ ރަށުން ވަނީ 100 އަށްވުރެ ގިނަ ސާމްޕަލް ނަގާފައެވެ. އޭގެ ތެރެއިން 25 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ.