މާލެ ސަރަހައްދުގެ ސުކޫލުތަކުގައި ގުރޭޑް އެކަކުން ހަޔަކަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމައިފި އެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި ރާއްޖެ މިހާރު އޮތީ ކޮވިޑްގައި މިހާތަނަށް ތަޖުރިބާ ނުކުރާ ފަދަ ގޯސް ހާލަތެއްގައި ކަމަށްވެސް ބުނެފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކުރިއަށް އޮތް ދެ ހަފްތާއަށް މާލެ ސަރަހައްދުގެ ސުކޫލުތަކުގައި ގުރޭޑް އެކަކުން ހަޔަކަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމާފައިވާ ކަމަށެވެ. އެ ނިންމުން ނިންމީ އެޗްޕީއޭއާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު ކަމަށްވެސް ބުންޏެވެ.
މިރޭ އެޗްއީއޯސީން ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގް ޓީމުގައި އިސްކޮށް ހުންނަވާ ޑރ. އަލީ ލަތީފް ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅު އަޅަމުން ގެންދަނީ ވަކި ތަރުތީބަކުން ކަމަށެވެ. ލަތީފް ވިދާޅުވީ ބަލީގެ ހާލަތު އިތުރަށް ގޯސްވެ ކޮންްޓްރޯލް ނުކުރެވޭ ހިސާބަށް ގޮސްފިނަމަ ސުކޫލުތައް ބަންދު ކުރުމާމެދު ގޮތް ނިންމާނެ ކަމަށެވެ. ސުކޫލުތައް މިވަގުތު ބަންދު ކުރުމަށް ނިންމާފައި ނުވަނީ ސުކޫލުތަކުން ބަލި ފެތުރޭ ކަމަށް ނުފެންނާތީ ކަމަށާ ސުކޫލުތަކަކީ ކޮންޓްރޯލް އެންވައިމަންޓެއް ކަމަށްވެސް ވިދާޅުވިއެވެ.
މިވަގުތު ނިންމާފައި އޮތީ ސުކޫލުތައް މިހާރެކޭ އެއްގޮތަށް ކުރިއަށް ގެންދަން ކަމަށް ވިދާޅުވިއެވެ.
"ކޮންމެހެން ސުކޫލުތައް ބަންދު ކުރާކަށް ނޫން ނުވަތަ ނުކުރާކަށްވެސް ނޫން. އަޅުގަނޑުމެން މެޝާސްތައް ނަގަމުން މި ގެންދަނީ އެ ހާލަތަކާ ގުޅޭގޮތުން. އެހެންވީމަ ސުކޫލުތައް ބަަންދުކުރަން ޖެހޭ ހާލަތަށް ގޮސްފިނަމަ އެކަންވެސް ކުރާނެ. ނަމަވެސް ބަންދުކުރާނީ ކުރަންޖެހޭ މަޝްވަރާތަކަށް ފަހު،"