ޕްރޮމޯޝަން

އަވަސް ކުއިޒްގެ އިނާމްތައް ދީފި

Feb 14, 2021
1

އަވަސް އޮންލައިން އިން ކުރިއަށް ގެންދިޔަ "އަވަސް ކުއިޒް" ގެ ފުރަތަމަ ބުރުގައި ވަނަ ހޯދި ފަރާތްތަކަށް އިނާމް ދީފި އެވެ.

ކުއިޒްގެ ފުރަތަމަ ބާއްވާފައި ވަނީ ވަނީ ރާއްޖޭގައި ހާޑުވެއާއާ ގުޅޭ ވިޔަފާރިތައް ރާއްޖޭގައި ކުރާ "އެލްބިއަން" އާ ގުޅިގެން ނެވެ.

އެލްބިއަންއާއެކު ކުރިޔަށް ގެންދިޔަ ކްއިޒްގައި ވަނަ ހޯދި ފަރާތްތަކަށް އިނާމް ހަވާލު ކުރީ މި މަހުގެ ހަަތަރު ވަނަ ދުވަހު ބޮޑުތަކުރުފާނު މަގުގައި ހުންނަ އެލްބިއޯން ސްޓޯރުގައި ބޭއްވި ހަފުލާއެއްގަ އެވެ. އިނާމްތައް ހަވާލު ކޮށްދެއްވީ އެލްބިއޯންގެ ސޭލްސް މެނޭޖަރު އާދަމް ފަރުހާދެވެ.

މިދިޔަ ޖެނުއަރީ މަހު 12 އިން 25 އަށް ކުރިއަށް ގެންދިޔަ ކުއިޒްގައި ކޮންމެ ދުވަހަކު ވެސް އަވަސް އޮންލައިނާއި ނޫހުގެ ސޯޝަލް މީޑިއާ ޕޭޖްތައް ހިމެނޭ ގޮތަށް ސުވާލެއް ހިއްސާކުރި އެވެ. އެވެ.

އެ ސުވާލުތަކުގެ ރަނގަޅު ޖަވާބުތައް ދިން ފަރާތްތަކުގެ މެދުގައި ފަހުން ވަނީ ގުރުއަތުލައި ވަނަތައް ހޮވައިފި އެވެ. ގުރުއަތުލާފައި ވަނީ އަވަސްގެ މޯނިން ޝޯ "ފަށަމާ" ގައި ލައިވްކޮށެވެ

ކުއިޒުން އެއްވަނަ ހޯދީ އާސިމާ ރަޝީދެވެ. އޭނާއަށް ދީފައި ވަނީ ބައިސްކަލެ ކެވެ. ދެވަަނައަށް ދިޔަ މުދުރިކަތު ވަހީދަށް ދިނީ "ރޫބީ ފޯ އިން ވަން ވޯކް ޓޭބަލް" އެކެވެ.

ތިންވަނަ ލިބުނު އުސްރާ އިބްރާހިމަށް 1000 ރުފިޔާގެ ގިފްޓް ވައުޗަރެކެވެ.

އަވަސް އާއެކު ވިޔަފާރި ކުރާ އެހެން ވިޔަފާރިތަކާއެކު ވެސް އަވަސް އިން މި ކުއިޒް ކުރިއަށް ގެންދާނެ އެވެ.