ހަބަރު

ޑރ. ހާލާ އަށް އެމްބެސެޑާ އެޓް ލާޖްކަން ދެއްވައިފި

Oct 29, 2015

ފޮރިން މިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ޑރ. ހާލާ ހަމީދު ބަދަލުކުރައްވައިފި އެވެ.

ޖެންޑާ މިނިސްޓްރީ މަގާމެއްގައި ހުންނަވަނިކޮށް މިދިއަ އޯގަސްޓަ މަހުގެ ތެރޭގައި ކުއްލިގޮތަކަށް ހާލާގެ މަގާމު ދަށްކޮށް ބަދަލު ކުރައްވާފައި ހުންނެވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގަ އެވެ.

އެކަމަނާ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ބަދަލު ކުރެއްވީ ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގަ އެވެ. ހާލަން ކުރިން ވެސް ހުންނެވީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.

ހާލާ ހަމީދަކީ ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.