ފޮރިން މިނިސްޓްރީ

ހިންނާއަށް ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން

ހިންނާ ހާލިދު
0%
0%
0%

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓްރީގެ މަގާމުން މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވި ހިންނާ ހާލިދު، ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަންކުރައްވައިފި އެވެ.

ހިންނާއަށް ޑެޕިއުޓީ މިނިސްޓަރުކަން ދެއްވީ އިއްޔެގެ ވަގުތެއްގައި ކަމަށް އަވަސްއަށް އެނގިފައިވެ އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޕީއެސްގެ މަގާމަށް މިދިޔަ ޖޫން މަހުގެ ހަވަނަ ދުވަހު އައްޔަންކުރި ހިންނާ އެ މަގާމުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް މިއަދާ ހަމައަށްވެސް ހާމަކުރައްވާފައެއް ނުވެ އެވެ.

ހިންނާ މީގެކުރިން ވަނީ ރައީސް އޮފީހުގެ އަންޑާ ސެކެޓްރީގެ މަގާމާއި މާލޭ ސިޓީ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

ރައީސް އޮފީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ފޮރިން މިނިސްޓްރީގައި ހިންނާއާ އެކު ފަސް ޑެޕިއުޓީ މިނިސްޓަރުން ތިއްބަވާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345