ސެރީ އޭ

ލާޒިއޯ ބަލިކޮށް އިންޓަ އެއް ވަނައަަށް

ރޮމެލޫ ލުކާކާ ކާމިޔާބު ކުރި ދެ ލަނޑާއެކު، ލާޒިއޯގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ސެރީ އާ ގެ އެއް ވަނަ މަގާމަށް އިންޓަ މިލާން ޖެހިލައިފި އެވެ.

އިންޓަ އެއް ވަނައިގައި އޮތީ، ވާދަވެރި އޭސީ މިލާންގެ މައްޗަށް އެއް ޕޮއިންޓްގެ ލީޑެއް ނަގައިގެންނެވެ. އިންޓަ ވަނީ 50 ޕޮއިންޓް ހޯދާފަ އެވެ.

ލުކާކޫ ރޭ ކާމިޔާބު ކުރި ދެ ލަނޑާއެކު އޭނާ ވަނީ ކެރިއާގައި 300 ވަނަ ލަނޑު ހަމަ ކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި، ލުކާކޫ ވަނީ ދެ ލަނޑުވެސް ކާމިޔާބު ކޮށްފަ އެވެ. އޭނާގެ ދެ ވަނަ ލަނޑު ކާމިޔާބުު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ.

ސެރީއާގެ ޗެމްޕިއަންކަން އިންޓަ އެންމެ ފަހުން ހޯދީ، މަޝްހޫރު ހޯޒޭ މޮރީނިއޯގެ ކޯޗް ކަމުން 2010 ގަ އެވެ. އެ ސީޒަންގައި ތިން ތަށި އިންޓައިން ހޯދި އެވެ.

އިންޓަގެ ދެ ވަނަ ލަނޑު ދެ ވަނަ ހާފުގައި ކާމިޔާބު ކުރީ، ލައުޓާރޯ މާޓިނޭޒް އެވެ. ލާޒިއޯގެ ލަނޑު ކާމިޔާބު ކުރީ މިލަންކޮވިޗް ސަވިޗް އެވެ.