ޕިއާ އެމެރިކް އަބާމިޔެންގް ކާމިޔާބު ކުރި ހެޓްރިކާއެކު ލީޑްސް ޔުނައިޓެޑްގެ މައްޗަށް 4-2 ން އާސެނަލް މޮޅު ވެއްޖެ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި، އާސެނަލްއިން ވަނީ ވަރަށް ރަނގަޅަށް ކުޅެފަ އެވެ. ޕްރެސް ކޮށްގެން ކުޅުމުން ލީޑްސްއަށް ފުރަތަމަ ހާފުގައި މާ ނުރައްކާތެރި ފުރުސަތެއް ތަނަވަސް ނުކުރެ ވެއެވެ.
އަބާމިޔެންގް މެޗަށް ނުކުތީ ގާތްގަނޑަކަށް މަހެއް ވަންދެން، އެއްވެސް މެޗެއްގައި ފުރަތަމަ 11 ގައި ނުކުޅެ ހުރުމަށް ފަހު އެވެ. ގައުމުން ބޭރުގައި ދިރިއުޅޭ އޭނާގެ މަންމަ ބަލިވުމުން އިނގިރޭސި ވިލާތުން ފުރައިގެން ދިއުމުން އޭނާ ކަރަންޓީން ވާން ޖެހުމުން މެޗުތަކެއް އޭނާ އަށް ގެއްލުންނެވެ.
އާސެނަލްގެ ކެޕްޓަން އަށް މި ސީޒަންގެ ލީގްގައި ޖެހުނީ ފަސް ލަނޑެވެ. ރޭ އޭނާ ހެދި ހެޓްރިކްޣެ ތެރެއިން ދެ ވަނަ ލަނޑަކީ، ޕެނަލްޓީ އަކުން ކާމިޔާބު ކުރި ލަނޑެކެވެ. ފުރަތަމަ ލަނޑު އަބާމިޔެންގް ކާމިޔާބު ކުރީ 13 ވަނަ މިނެޓްގަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕެނަލްޓީން ދެ ވަނަ ލަނޑު ކާމިޔާބު ކުރި އެވެ.
އާސެނަލްގެ ތިން ވަނަ ލަނޑު ފުރަތަމަ ހާފުގެ ފަހު މިނެޓްގައި ކާމިޔާބު ކުރީ ހެކްޓާ ބެޔެރިން އެވެ. އާސެނަލްގެ ހަތަރު ވަނަ ލަނޑު ޖަހައި އަބާމިޔެންގް ހެޓްރިކް ހެދީ ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނެޓްގަ އެވެ. ލީޑްސްގެ ލަނޑުތައް ކާމިޔާބު ކުރީ ޕާސްކަލް ސްޓްރްޔިކް އަދި ވަންޑާ ހެލްޑާ ކޮސްޓާ އެވެ.
ވެސްޓްބްރޮމޮވިޗް އެލްބިއޮން އާ ދެކޮޅަށް މެންޗެސްތާ ޔުނައިޓެޑް ކުޅުނު މެޗު އެއް ވަރުވީ 1-1 ންނެވެ.