ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މަތިވެރި

ހުއްދަނެތި މަތިވެރިއަށްދިޔަ 11 މީހަކު ޖޫރިމަނާ ކޮށްފި

Feb 15, 2021
7

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަ ނުހޯދާ އއ. މަތިވެރިއަަށް ދިޔަ 11 މީހަކު ޖޫރިމަނާ ކޮށްފި އެވެ.

ފުލުހުން ބުނީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް މަތިވެރިއަށް ދިޔަ ބަޔަކު ޖޫރިމަނާ ކޮށްފައިވާ ކަމަަށެވެ. ފުލުހުން ވަނީ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުމަށް އިލްތިމާސް ކޮށްފައެވެ.

އަދި ގައިޑްލައިނާ ހިލާފުުވާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ބުންޏެވެ.

މާލެއިން ރަށްރަށަށްދާ މީހުން އެޗްޕީއޭގެ ހާއްސަ ހުއްދަ ހޯދަން ޖެހެއެވެ. އަދި މާލެއިން ދާނަމަ ކަރަންޓީން މުއްދަތުވެސް ފުރިހަމަ ކުރަން ޖެހެއެވެ.