ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ކިޔަވަން ފުރުމުގެ ކުރިން ވެކްސިން ޖެހުމުގެ ފުުރުސަތު

ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމުގެ ކުރިން ކޮވިޑަށް ދޭ ވެކްސިން ޖަހަން ބޭނުންވާ ދަރިވަރުންނަށް އެެ ފުރުސަތު ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޮލަޝިޕް އެ މިނިސްޓްރީ މެދުވެރިވެގެންނާއި އަމިއްލަ ހަރަދުގައި ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މިވަގުތު ރާއްޖޭގައި ތިބި ދަރިވަރުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް ފަހު އެނބުރި ރާއްޖޭން ބޭރަށް ދާން އެދެމުންދާ ކަމަށެވެ.

އެހެންވެ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު މަދުވެގެން ހަތަރެއް ނުވަތަ ހަ ހަފްތާ ދެވަނަ ޑޯޒް ޖަހަން ވަގުތު އޮތް ނަަމަ ރަޖިސްޓްރީ ވާން މިނިސްޓްރީން ވަނީ ހުޅުވާލައިފަ އެވެ.

ރާއްޖޭގައި މިހާރު ދެމުން އަންނަނީ އިންޑިއާގައި އުފައްދާފައިވާ އޮކްސްފޯޑް-އެސްޓްރެޒެނިކާގެ ވެކްސި ނެވެ. އެ ވެކްސިން ދިނުމުގައި މިހާރު އެންމެ ބޮޑަށް އިސްކަން ދެމުންދަނީ ފްރަންޓްލައިންގެ ހިދުމަތް ތެރިންނާއި ޓީޗަރުންނާއި ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަ ކެވެ.

ރާއްޖޭގައި ވެކްސިން ދިން މީހުންގެ އަދަދު އުޅެނީ 43،000 އިން މަތީގައެވެ.