އެމްއެންޑީއެފް

އޮޔާދާ ޑިންގީއެއްގައި އިން ލަންކާ މީހަކު ސަލާމަތްކޮށްފި

Feb 16, 2021
2

ވ. އަންބަރާ ކައިރިން އޮޔާދާ ޑިންގީއެއްގައި އިން ލަންކާ މީހަކު ސަލާމަތް ކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ އޮޔާދާ އެ ޑިންގީ ފެނުނީ "މޯލްޑިވިއާނާ" ނަމަކަށް ކިޔާ ސަފާރީއެއްގައި ތިބި މީހުންނަށް ކަމަށާ ކޯސްޓްގާޑްގެ ބެލުމުގެ ދަށުން އެ ޑިންގީ ވ. ފެލިދޫ އަށް ގެންދާ ކަމަށެވެ. އޭނާ އަތުގައި ހުރި ލިޔެކިޔުންތަކުން އެއީ ލަންކާގެ މީހެއް ކަަމަށް ބެލެވެއެވެ.

ލަންކާ، އިންޑިއާއިން މަހަށް ނިކުންނަ ބައެއް މަސްވެރިން ހާލުގައި ޖެހި ރާއްޖެ ސަރަހައްދުން ދޭތެރެ ދޭތެރެއިން ފެނެއެވެ.