ބްލޫ ރައިސް ނުވަތަ ނޫކުލައިގެ ބަތަކީ އޭޝިއާގެ ކުޒީން އަށް އަލަށް ތައާރަފް ވެގެން އުޅޭ އެއްޗެއް ނޫނެވެ. އެ ބަތުގައި ހުންނަ ކުލައިގެ ސަބަބުން ވަރަށް ގިނަ މީހުންގެ ލޮލުގައި މި ބަތްތަށި އަޅައިގަނެ އެވެ.
ބްލޫ ރައިސް ނުވަތަ ނާސި ކެރަބޫ އަކީ ނަންރީތިމާ / ފިޔަނޫމާ (ބަޓަފްލައި ޕީ ފްލާވާ) އަޅައިގެން ކައްކާ ބަތެކެވެ. މިއީ މެލޭޝިޔާ އާއި އިންޑޮނީޝިޔާގައި އާއްމުކޮށް ކައި އުޅޭ މަލެކެވެ.
ބަތުގައި ނޫކުލަ ޖައްސަން މި މާ ބޭނުން ކުރަން ފެށުމުގެ މާ ކުރިއްސުރެ ވެސް އެކިއެކި ބުއިންތަކުގައި ނޫކުލަ ނުވަތަ ދަނބުކުލަ ޖައްސަން މި މާ ބޭނުން ކުރަމުން އައިސްފައި ވެއެވެ. މެލޭޝިޔާ އަދި އިންޑޮނީޝިޔާ ފަދަ ގައުމުތަކުގެ ރެސްޓޯރަންޓްތަކަށް ބްލޫ ރައިސް ތައާރަފްކުރީ ވަރަށް ފަހުންނެވެ. މި ބަތާއެކު އާއްމުކޮށް ބޭނުން ކުރަނީ ޔެލޯ ޓޮފޫ ރިހަ އެވެ
ބްލޫ ރައިސް ކައްކާ ގޮތް
މި ބަތް ކައްކަން އެންމެ ރަނގަޅީ ޖޭސްމީން ހަނޑުލެވެ. މި ހަނޑޫ އާއްމުކޮށް ހުދު ހަނޑުލުގެ ބަތް ކައްކާ ގޮތަށް ކައްކާނީ އެވެ. ފެންގަނޑަށް ނަންރީތިމާ / ފިޔަނޫމާ އަޅައިގެންނެވެ. މި ބަތް ކައްކާއިރު ހަނދާން ކުރަންޖެހޭ ކަމަކީ ބަތުގެ ކުލަ ނޫކުލައަށް ބަދަލު ކުރަން ގިނަ އަދަދެއްގެ މާ އަޅަން ޖެހޭނެ ކަމެވެ. ކުޑަ ހަނޑޫ ކޮޅަކަށް ނަމަ އަތްގޮއްޓެއްހާ މާ ރަނގަޅުވާނެ އެވެ.
މި ބަތް ކޮންމެ ކަހަލަ ރިހައަކާއެކު ވެސް ކެވިދާނެ އެވެ. މިއީ ވަރަށް މީރު ވަސް ދުވާ ބަތަކަށް ވާތީ ބޮޑަށް ރަނގަޅު ވާނީ އޭޝިއާ މީހުން އާއްމުކޮށް ކައި އުޅޭ އެހާ ރަހަތައް ގަދަ ނޫން ރިހައެކެވެ.
ބަޓަފްލައި ޕީ އަކީ އެންޓި-އޮކްސިޑަންޓްސް އިން މުއްސަނދިވެފައިވާ މަލެކެވެ. ހަށިގަނޑުގައިވާ ވިހަތައް ބޭރުކޮށްލައި ޑިޓޮކްސިފައި ކޮށްލަން އަދި ހަމުގެ ސިއްހަތު ރަނގަޅުކޮށްލަން ވަރަށް ރަނގަޅު އެއްޗެކެވެ.