ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިމްރާންގެ ލަންކާ ދަތުރުގައި ޕާލަމެންޓާ މުހާތަބު ނުކުރައްވާނެ

ޕާކިސްތާން ބޮޑުވަޒީރު އިމްރާން ހާން މިމަހު 22 ގައި ލަންކާއަށް ވަޑައިގަންނަވާނެ އެވެ. އެމަނިކުފާނުގެ ތާވަލް ހަމަޖައްސަވާފައި ވަނީ މިދަތުރު ކުރައްވާ ގޮތަށް ކަމަށް ލަންކާއިން ވެސް ކަށަވަރުކޮށްދެ އެވެ. މިއީ ދެދުވަހުގެ ރަސްމީ ދަތުރެކެވެ.

އިމްރާން ޚާން ލަންކާއަށް ކުރައްވާ ދަތުރުގައި ކުރިން އޮތީ ޕާލަމެންޓާ މުޚާތަބު ކުރައްވާ ގޮތަށެވެ. އެހެން ނަމަވެސް، މި އައިޓަމް އެޖެންޑާއިން ނަގާފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.

ޕާކިސްތާން ބޮޑުވަޒީރުގެ ދަތުރުފުޅު ތާވަލު ކުރެވިފައިވާ ގޮތަށް ކުރިއަށް ދާނެ ކަމަށް ފޮރިން މިނިސްޓަރު، ދިނޭޝް ގުނަވަރުދަނާ ވެސް ޕާލަމެންޓަށް އަންގަވާފައިވާ ކަމަށް ޕާލަމެންޓްގެ ސާޖަންޓް އެޓް އާމްސް، ނަރެންދުރަ ފެނާންޑޯ ލަންކާ ނޫސްތަކަށް ވަނީ ވިދާޅުވެފަ އެވެ.

ފޮރިން މިނިސްޓަރު ޕާލަމެންޓް އޮފިޝަލުންނަށް ވިދާޅުވި ކަމަށް ނޫސްތަކުން ބުނާ ގޮތުން އިމްރާން ޚާން ޕާލަމެންޓް ކޮމްޕްލެކްސްއަށް ވެސް ވަޑައި ނުގަންނަވާނެ އެވެ. ސަބަބެއް ވިދާޅެއްނުވެ އެވެ.

އިމްރާން ހާން ވެވަޑައިގަންނަވާނީ ކޮވިޑްގެ ހާލަތުގައި ލަންކާއަށް ފުރަތަމަ ވަޑައިގަންނަވާ ގައުމެއްގެ ވެރިޔާއަށެވެ. މި ދަތުރުގައި ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން ވެރިންގެ ފެންވަރުގައި މަޝްވަރާ ކުރައްވާނެ ކަމަށް ވެ އެވެ. ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އާއި ލަންކާ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އަދި ފޮރިން މިނިސްޓަރު، ދިނޭޝް ގުނަވަރުދަނާ ޕާކިސްތާން ބޮޑުވަޒީރާ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ލަންކާއާ ޕާކިސްތާން ގުޅުން ގާތް ކުރަމުން އަންނައިރު، ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލަން ލަންކާ ސަރުކާރުން ހުއްދަދީފައި ވާތީ އިމްރާން ހާން ވަނީ ވަރަށް ބޮޑަށް ޝުރުކު އަދާ ކުރައްވާ ޓްވީޓް ކުރައްވާފަ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ވެސް ވަނީ ކޮވިޑެ ހާލަތުގައި ލަންކާއަށް ވަޑައިގެން ތިން ދުވަސް ހޭދަކުރައްވާފަ އެވެ. ޖައިޝަންކަރު ލަންކާއަށް ވަޑައިގަތުމުން ލަންކާ އާންމުން ވެސް ވަނީ ވަރަށް އުފާކޮށް އިންޑިއާއިން ހިތާ ގާތް ކަމަށް ޝުކުރުއަދާކޮށްފަ އެވެ.