ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފުވައްމުލައް

ފުވައްމުލަކުން މިހާތަނަށް 33 މީހަކު ޕޮޒިޓިވް

ފުވައްމުލައް ސިޓީން ކޮވިޑް-19 އަށް އިތުރު މީހަކު ޕޮޒިޓިވް ވެއްޖެ އެވެ. މިހާތަނަށް އެ ސިޓީން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 33 އަށް އަރާފައެވެ.

ކޮވިޑްގެ ކޭހެއް ފުރަތަމަ އެ ސިޓީން ފެށުނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ. ޕޮޒިޓިވްވި މީހަކީ ޑުބާއިން އައިސް ފުވައްމުލައް ސިޓީގައި ކަރަންޓީނުގައި ހުއްޓާ ކޮވިޑް-19އަށް ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓެކެވެ. އަދި ޕޮޒިޓިވް ކޭސްއާ ގުޅިގެން އިތުރު ބައެއްގެ ސާމްޕަލް ނަގާ ޓެސްޓު ކުރުމުން މިހާތަނަށް ޕޮޒިޓިވްވި އަދަދު ވަނީ 33 އަށް އަރާފައެވެ.

ނަމަވެސް އެ ރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާ ހިމެނޭހެން ފަސް މީހަކު މިހާރު ވަނީ ރަނގަޅުވެފައެވެ. އެކްޓިވް ކޭސްގެ އަަދަދަކީ 27 އެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ޕޮޒިޓިވް ކޭސްތަކާ ގުޅިގެން 620 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި 547 ގެެއެއް ކަރަންޓީނު ކޮށްފައިވާ ކަމަށެވެ.