ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ފުވައްމުލަކުން ކޮވިޑް މަރެއް، ނަންބަރު 222 އަށް

ކޮވިޑް-19 ޖެހިގެން އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ދެންމެ ބުނީ މިއަދު ހެނދުނު 9:00 ގައި ފުވައްމުލަކު ހޮސްޕިޓަލަށް ގެނެވުނު މީހަކު މަރުވެފައިވާ ކަަމަށެވެ. އެއީ ކޮވިޑްގެ މަރެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މަރުވެފައިވަނީ އުމުރުން 94 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއީ ރާއްޖޭގެ 222 ވަނަ ކޮވިޑް މަރެވެ.

މިހާތަނަށް 77،633 މީހަކަށް ރާއްޖެއިން ބަލި ޖެހިފައިވެ އެވެ. އަދި 74،928 މީހަކު ވަނީ ބަލިން ފަސޭހަވެފަ އެވެ. މިވަގުތުގެ އެކްޓިވް ކޭސްގެ އަަދަދަކީ 2،472 އެވެ. ހޮސްޕިޓަލްގައި 19 މީހަކަށް ފަރުވާ ދެމުން ގެންދެއެވެ.

ކޮވިޑްގައި ދިވެހިން 513 ދުވަސް ހޭދަކޮށްފައިވާއިރު މިހާތަނަށް މި ބަލީގެ ހަތަރު ރާޅެއްގެ ތަޖުރިބާ ދިވެހިން ކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ހާލަތު ގޯސްވީ ހަތަރުވަނަ ރާޅުގައި މެއި މަހުގެ ތެރޭގަ އެވެ. އެ މަހު އެކަނިވެސް 40،000 އާ ގާތްކުރާ އަދަދަކަށް މީހުންނަށް ބަލި ޖެހުނެވެ. 100 އަށް ވުރެ ގިނަ މީހުން ބަލީގައި މަރުވި އެވެ. އެތައްހާސް ބަޔަކު އެޑްމިޓްކޮށްގެން ފަަރުވާދޭން ޖެހުނެވެ.