ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާފުށި

މާފުށިން ފަތުރުވެރިންތަކެއް ޕޮޒިޓިވްވެއްޖެ

ގެސްޓްހައުސްގެ ވިޔަފާރި އެންމެ ބޮޑަށް ފުޅާކޮށްފައި އޮތް ކ. މާފުށިން ހަތަރު ފަތުރުވެރިއަކު ޕޮޒިޓިވްވެއްޖެ އެވެ.

އެޗްއީއޯސީން މިރޭ ބުނީ މިރޭ ކޮވިޑަށް ޕޮޒިޓިވްވި 145 މީހުންގެ ތެރޭގައި މާފުށިން ޕޮޒިޓިވްވި ހަތަރު މީހަކު ހިމެނޭ ކަމަށެވެ. އެއީ ގެސްޓް ހައުސްއެއްހައި ތިބި ފަތުރުވެރިންނެވެ. ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން އެ މީހުން ވަނީ ކަރަންޓީން ކޮށްފައެވެ.

ޕޮޒިޓިވްވެފައިވަނީ ތިން ގެސްޓް ހައުސްއެއްގައި ތިބި މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފުވައްމުލަކު ހަތަރު މީހަކާއި ގުރައިދޫ 8 މީހަކާއި ރަސްގެތީމު ތިން މީހަކާއި ކޮޅުފުށި މީހަކާއި ހދ. ހަނިމާދޫން މީހަކުވެސް ހިމެނެއެވެ.