ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފަސް ރަށަކުން 119 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި އަތޮޅުތެރޭގެ ފަސް ރަށަކުން 119 މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 20 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 188 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. އަތޮޅުތެރޭގެ ރަށްތަކުން މިއަދު އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ ދ. ކުޑަހުވަދޫ އާއި ހއ. ދިއްދޫ އާއި ހދ. ހަނިމާދޫގެ އިތުރުން ނ. މާފަރާއި ތ. ވިލުފުށިންނެވެ.

އެޗްޕީއޭ އިން ބުނީ ދ. ކުޑަހުވަދޫ އިން 26 މީހުން އަދި ހއ. ދިއްދޫ އިން؛ 21 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ހދ. ހަނިމާދޫ އިން 16 މީހުން ޕޮޒިޓިވްވީއިރު ނ. މާފަރުން 29 މީހުން ޕޮޒިޓިވްވެފައިވެއެވެ. މީގެ އިތުރުން ތ. ވިލުފުށިން 27 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މި ރަށްތަކަކީ މިވަގުތު އެޗްޕީއޭގެ މޮނިޓަރިންގައި އޮތް އަރާ ފޭބުން މަނާ ރަށްތަކެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،933 މީހުންނެވެ. މިހާތަނަށް 90،861 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 15 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިއަދާ ހަމައަށް 257 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ. މިއަދު މި ބަލީގައި މީހަކު މަރުވީ އައްޑޫ އިންނެވެ.