ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޑަހުވަދޫ

ކުޑަހުވަދޫން އިތުރު 13 މީހަކު ޕޮޒިޓިވްވެއްޖެ

ދ. ކުޑަހުވަދޫ އިން އިތުރު 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ކުޑަހުވަދޫން ފުރަތަމަ ޕޮޒިޓިވް ކޭހެއް ފެނިފައިވަނީ ބުދަ ދުވަހު އެވެ. އެއީ ކުޑަހުވަދޫ އެއާޕޯޓްގައި މަަސައްކަތް ކުރަމުންދިޔަ ހަ ސްޓާފެކެވެ. އެ ކޭސްތަކާއި ގުޅިގެން ކުޑަހުވަދޫ މޮނިޓަރިންއަށް ގެނެސް އެ ރަށުން އެހެން ރަށްރަށަށް ދިޔަ މީހުން ކަރަންޓީންވެ ޓެސްޓް ކުރުމަށް ވަނީ އަންގާފައެވެ.

އެޗްޕީއޭއިން ދެންމެ ބުނީ ކުޑަހުވަދޫން އިތުރު 13 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުރިން ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓްވި 10 މީހަކާއި އެކްޓިވް ސަވައިލަންސް އިން ނެގި ދެ ސާމްޕަލް އަކާއި ބަލީގެ އަލާމަތް ހުރެގެން ޓެސްޓް ކުރުމުން ޕޮޒިޓިވްވި މީހަކު ހިމެނެއެވެ.