ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޑަހުވަދޫ

ދ. ކުޑަހުވަދޫ ބަންދުކޮށްފި

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭހަކާއި ގުޅިގެން ދ. ކުޑަހުވަދޫ އެޗްޕީއޭގެ "ކޮވިޑް ބަންދު" ގެ ތެރެއަށް ގެންގޮސްފި އެވެ.

ކުޑަހުވަދޫއަށް އަރާ ފޭބުން މަނާކޮށްފައިވަނީ އެ ރަށުން މާލެ އައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެއީ އީދު ބަންދަށް އެ ރަށަށް ގޮސް މާލެ އައި މީހެކެވެ.

އެޗްޕީއޭއިން ބުނީ އެ ކޭސްއާ ގުޅިގެން ބަލަންޖެހޭ ކަންކަން ނިމެންދެން ކުޑަހުވަދޫއަށް އަރާ ފޭބުން މަނާކޮށްފައިވާ ކަމަށެވެ.

ކުޑަހުވަދޫ ހިމެނޭހެން 12 ރަށެއް މިވަގުތު އޮތީ މޮނިޓަރިންގައެވެ. އިއްޔެގެ ވަގުތެއްގައި ހއ. ތަކަންދޫވެސް ވަނީ މޮނިޓަރިންއަށް ގެނެސްފައެވެ. އެއީ ކަރަންޓީންގައިވެސް ނެތް މީހެއް ޕޮޒިޓިވްވުމުންނެވެ. އީދު ބަންދަށް އެތައް ބަޔަކު ރަށްރަށަށް ގޮސްފައިވާއިރު އަލުން ކޮވިޑްގެ ހާލަތު ގޯސްވެދާނެތީ ކަންބޮޑުވުން ވަނީ އުފެދިފައެވެ.