ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އދ. ދިއްދޫ

ކޮވިޑް ފެނިގެން ދިއްދޫ ބަންދުކޮށްފި

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭހެއް ފެނިގެން ހއ. ދިއްދޫއަށް އަރާ ފޭބުން މަނާކޮށް އެ ރަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިން އަށް ގެނެސްފި އެވެ.

ހެލްތް މިނިސްޓްރީން ދެންމެ ބުނީ އެކޭހާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ދިއްދޫއަށް އަރާ ފޭބުން މަނާކޮށްފައިވާ ކަމަށެވެ. އެ ރަށުން ޕޮޒިޓިވްވީ އަލާމަތް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ.

ދިއްދޫގެ އިތުރުން އދ. ދަނގެތި އަދި އައްޑޫ ސިޓީވެސް މިއަދު ވަނީ މޮނިޓަރިންއަށް ގެނެސްފައެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުން އަދަދު ބޮޑުތަނުން އިތުރުވަމުންދާއިރު 26 ރަށެއް އޮތީ ބަންދުކޮށްފައެވެ. އަތޮޅުތެރޭގައި 1،500 ވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާއިރު ބައެއް ރަށްރަށުގައި ޕޮޒިޓިވް ކޭސްތައް ހުރީ 300 އިން މަތީގައެވެ. ބައެއް ރަށްރަށުގައި 200 އިން މަތީގައި އަދި 100 އިން މަތީގައިވެސް ނަންބަރު އެބަހުއްޓެވެ.

މިދިޔަ ހަފްތާގައި ބައެއް ދުވަސް ދުވަހު މުޅި ރާއްޖެއިން 400 ވުރެ ގިނަ މީހުން ޕޮޒިޓިވްވީ ދުވަސްތައް ގިނައެވެ. އިއްޔެގެ ނަންބަރު ހުރީވެސް 400 އިން މަތީގައެވެ.