ހަބީބް ބޭންކް

ހަބީބް ބޭންކުގެ އެކައުންޓްތަކަކަށް ފަހު ފުރުސަތު

Feb 21, 2021

ރާއްޖޭގައި ވިޔަފާރި ކުރާ އެންމެ ދުވަސްވީ އެއް ބޭންކް ކަމަށްވާ ހަބީބް ބޭންކްގައި ހުރި މުއާމާތް ނުކުރާތާ ފަސް އަހަރުވީ އެކައުންޓްތަކަކެއް އުވާލުމުގެ ކުރިން ފަހުގެ ފުރުސަތު ދީފި އެވެ.

ރާއްޖޭގައި ވިޔަފާރި ކުރާ އެންމެ ދުވަސްވީ އެއް ބޭންކް ކަމަށްވާ، ހަބީބް ބޭންކުން ބުނީ އެ ބޭންކްގައި މިދިޔަ އަހަރުގެ ނިޔަލަށް ފަސް އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި އެ އެކައުންޓްތަކުގެ ވެރިފަރާތް ތަކުން އެއްވެސް މުއާމަލާތެއް ކޮށްފައިނުވާ އެކައުންޓް ތަކެއް އެބަހުރި ކަމަށެވެ.

މިގޮތުން، މި މުއްދަތުގައި މި އެކައުންޓްތަކުގެ ވެރި ފަރާތް ތަކުން ބޭންކަށް އެއްވެސް ލިޔެކިއުމެއް ފޮނުވައިފައި ނުވި ނަމަވެސް، އެ ފަރާތްތަކުން ބޭންކަށް ލިބިފައިވާ އެންމެ ފަހުގެ އެޑްރެހަށް އެ އެކައުންޓްތަކުގެ ސްޓޭޓްމަންޓްތައް އެ ބޭންކުން ގަވާއިދުން ފޮނުވާފައި ވާނެ ކަމަށެވެ.

އެ ބޭންކް އިން ބުނީ މީގެ އިތުރުން ބޭންކިން ގާނޫނާ އެއްގޮތުގެ މަތިން ޕޯސްޓް މެދުވެރިކޮށް އަންގައި 45 ދުވަހުގެ ތެރޭގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ އައިޑީ ކާޑެއް ހިފައިގެން ބޭންކަށް ހާޒިރު ވާން ވެސް އަންގާފައި ވާނެ ކަމަށެވެ.

ހަބީބް ބޭންކް އިން ވަނީ މި މުއްދަތުގައި އެއްވެސް ފަރާތް ތަކުން އައިޑީކާޑު ހިފައިގެން އެ ބޭންކް އަށް ހާޒިރުވެ އަލުން އެކައުންޓް އޮޕަރޭޓް ކުރަން އެދިފައިނުވާތީ އެކައުންޓްތަކެއްގެ ވެރި ފަރާތް އެނގޭ ގޮތަށް ލިސްޓެއް އާއްމުކޮށްފަ އެވެ. އަދި ފަހުގެ ފުރުސަތެއްގެ ގޮތުން
ދެ މަސް ދުވަހުގެ ތެރޭގައި މި އެކައުންޓްތައް ބަންދުކޮށް ފައިސާ މަރުކަޒީ ބޭންކަށް ފޮނުވާނެ އެވެ.

ރާއްޖޭގެ ބޭންކިން ގާނޫނުގައި އޮންނަ ގޮތުން މުއާމަލާތް ނުކުރާތާ ފަސް އަހަރުވުމަށް ފަހު އެ އެކައުންޓެއް ބަންދު ކުރުމުގެ ބާރު ބޭންކްއަށް ދެ އެވެ.