މިފްކޯ

މިފްކޯ ރޯދަ ޕްރޮމޯޝަން ފަށައިފި

މިފްކޯގެ ރޯދަ ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.

"ފަސްމީރު މާމީރު ރޯދަ ޕްރޮމޯޝަން" ގެ ނަމުގައި މިފްކޯއިން މިއަދު ފެށި މި ޕްރޮމޯޝަނުގައި ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކު އިނާމު ހޯދުމުގެ ފުރުސަތު އޮވެ އެވެ.

އެގޮތުން 200 ރ. އަށްވުރެ ގިނައިން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ލިބެ އެވެ. ކޫޕަނުގައިވާ ކިއުއާރްކޯޑް ސްކޭންކޮށްލުމުން މިފްކޯގެ ވެބްސައިޓަށް ވަދެވި ކޫޕަނުގައިވާ ކޯޑު ޖަހައިގެން ޕްރޮމޯޝަނުގައި ބައިވެރި ވެވޭނެ އެވެ.

މިއަދުން ފެށިގެން 13 ހަފުތާއަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ކޮންމެ ހަފުތާއަކު ނަސީބުވެރި ދެ ފަރާތަކަށް ފައިސާގެ އިނާމު ދޭނެ ކަމަށް މިފްކޯއިން ބުންޏެވެ. ކޮންމެ ނަސީބުވެރިޔަކަށް 5000 ރ. ގެ ބީއެމްއެލް ގިފްޓް ކާޑެއް ދޭނެ އެވެ.

މިފްކޯއިން އިތުރަށް ބުނީ ނަސީބުވެރި ކޮންމެވެސް އެއް ފަރާތަކަށް 70،000 ރ. ބޮޑު އިނާމެއް ދޭނެ ކަމަށެވެ.

މިއަދު މިފްކޯއިން ފެށި ޕްރޮމޯޝަން ނިމޭނީ އަންނަ މޭ މަހުގެ 22 ވަނަ ދުވަހު އެވެ. ނަސީބުވެރިން ހޮވުން އޮންނާނީ މޭ މަހުގެ 31 ވަނަ ދުވަހު އެވެ.

އިތުރަށް އެ ކުންފުނިން ބުނީ މިހާރު މަސްދަޅު ކޭހުގެ އަގު ތިރިވެފައިވާ ކަމަށާއި 48 ދަޅުގެ ތެޔޮ މަސްދަޅު ކޭހެއް 575 ރ. އަށް ލިބޭއިރު 48 ދަޅުގެ ފެން މަސްދަޅު ކޭހެއް މިހާރު 530 ރ. ލިބޭނެ ކަމަށެވެ.