ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮޅުފުށި

ކޮޅުފުށި އަނެއްކާވެސް މޮނީޓަރިން އަށް

ކޮވިޑްގެ ހާލަތު ގޯސްވާތީ ފިޔަވަޅުތައް ވަރުގަދަކޮށް މ. ކޮޅުފުށި އަނެއްކާވެސް މޮނީޓަރިންއަށް ލައިފި އެވެ.

ކޮޅުފުށީ ކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަން އެޗްޕީއޭ އިން އެރަށް މޮނީޓަރިންއަށް ގެންގޮސްފައިވާ ކަމަށެވެ.

ކޮޅުފުއްޓަށް އަރައި ފޭބުން މި ވަގުތަށް މަނަލެވެ. ކުޅިވަރުތަކާއި ހަފުލާތަކާއި އެއްވުންތައް ބޭއްވުން ވެސް މަނަލެވެ. އަދި ޒަރޫރީ ބޭނުންތަކަށް ނޫނީ ބޭރަށް ނުނިކުތުމާއި ރެސްޓޯރެންޓް ފަދަ ތަންތަނުގައި ހަމައެކަނި ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދިނުމަށް ވެސް އެ އިއުލާނުގައި ވެއެވެ.

މީގެއިތުރުން މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ނުކުރުމާއެކު ކައުންސިލުގެ ހުއްދަ ނަގައިގެން މަހަށް ފުރަން ވެސް އަންގާފައި ވެއެވެ.

ކޮޅުފުށިން ގިނަ އަދަދެއްގެ މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެރަށް އަލުން މޮނީޓަރިންގެ ހާލަތަށް ގެންދިޔައީ ރަށުގައި ކޮވިޑް ފެތުރިދާނެކަމުގެ ބިރު ބޮޑުވެގެނެވެ.