ޕްރޮމޯޝަން

އަވަސް ކުއިޒް: ދެވަނަ ބުރެއްގެ އިނާމްތައް ދީފި

Feb 21, 2021

"އަވަސް ކުއިޒް" ގެ ދެވަނަ ބުރުގެ އިނާމްތައް ދީފި އެވެ.

އެކި ވިޔަފާރިތަކާއެކު ކުރިޔަށް ގެންދާ ކުއިޒްގެ ދެވަނަ ބުުރެއް ކުރިއަށް ގެންގޮސްފައި ވަނީ "މިނީސޯ މޯލްޑިވްސް" އެކު އެވެ.

މި މަހުގެ ދެވަނަ ދުވަހު ފަށައި ނުވަ ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިޔަ ކްއިޒްގައި ވަނަ ހޯދި ފަރާތްތަކަށް އިނާމް ދިނީ ބުރުޒުމަގުގައި ހުންނަ މިނީސޯ ސްޓޯރުގައި މިދިއަ އަންގާރަ ދުވަހު އެވެ.

ކުއިޒްގައި ކޮންމެ ދުވަހަކު ވެސް އަވަސް އޮންލައިނާއި ނޫހުގެ ސޯޝަލް މީޑިއާ ޕޭޖްތައް ހިމެނޭ ގޮތަށް ސުވާލެއް ހިއްސާކުރެ އެވެ.

އެ ސުވާލުތަކުގެ ރަނގަޅު ޖަވާބުތައް ދޭ ފަރާތްތަކުގެ ތެރެއިން ވަނަތައް ހޮވަނީ ޖަވާބު އެސްއެމްއެސް ކުރާ ންބަރުތަކު ރޯލް ގުރުއަތެއް ލައިގެނެވެ. މި ގުރުއަތުލަނީ ވަނީ އަވަސްގެ މޯނިން ޝޯ "ފަށަމާ" ގަ އެވެ.

މި ފަހަރުގެ ކުއިޒުން އެއްވަނަ ހޯދީ އައިމިނަތު ޝަރާ އެވެ. އޭނާއަށް ދީފައި ވަނީ 500ރ. ގިފްޓް ޕެކެކެވެ. ދެވަަނައަށް ދިޔަ މުހައްމަދު ނޫރުޝާނަށް ދީފައިވަނީ 350ރ. ގިފްޓް ޕެކެކެވެ. ތިންވަނަ ލިބުނު މަހުބޫބާ އާސިމްއަށް 250ރ. ގިފްޓް ޕެކެއް ދިނެވެ.