ބަނގުރާ ފުޅިތަކެއް ގެންގުޅުނު ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިރޭ 7:30 ގައި އަސްރަފީ ބުކްޝޮޕް ކައިރިން ހައްޔަރުކުރީ ދެ މީހުން ކަމަށެވެ. އަދި އެ މީހުން ހުއްޓުވުމުން އެ މީހުން ގެންގުޅުނު ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ތިން ފުޅި މަގުމައްޗަށް ވައްޓާލާ ތަޅާލާފައިވާ ކަމަށެވެ.
އެ ދެ މީހުން ހުއްޓުވީ ވަންވޭއާ ހިލާފަށް ދުއްވަމުން ދަނިކޮށެވެ. ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން ދަނިކޮށެވެ.