އަޔާދީ ތަކާފުލް

އަޔާދީ ތަކާފުލްއަށް 7 އަހަރު

ރާއްޖޭގައި އިސްލާމިކް އިންޝުއަރަންސްގެ ހިދުމަތް ދޭ އެލައިޑް އިންޝުއަރަންގެ އިސްލާމިކް ގޮފި "އަޔާދީ ތަކާފުލް" ގެ ހިދުމަތަށް ހަތް އަހަރު ފުރިއްޖެ އެވެ.

އަޔާދީ ތަކާފުލް ހަތް އަހަރު ފުރިހަމަ ވުމާއެކު އެލައިޑުން ބުނީ 2016 ވަނަ އަހަރު ތައާރަފްކުރި އިސްލާމިކް ލައިފް އިންޝުއަރަންސް، "ފެމެލީ ތަކާފުލް" ގެ ހިދުމަތަށް ބޮޑު ތަރުހީބެއް ލިބޭއިރު، މި ހިދުމަތަކީ ރާއްޖޭގައި އަލަށް ފަށައި މިއަަދާ ހަމައަށްވެސް އަޔާދީއިން އެކަނި ފޯރު ކޮށްދެމުން އަންނަ ހިދުމަތެއް ކަމަށެވެ.

މީގެ އިތުރުން، އެލައިޑް އިންޝުއަރަންސުން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއްގެ އިސްލާމިކް އިހްތިޔާރީ އަޔާދީއިން ލިބޭނެ ކަމަށާއި، އޭގެ ތެރޭގައި އަޔާދީ ޕޯޓަލް އާއި އެލައިޑް އެޕްލިކޭސަނުން ވަގުތުން ލިބޭ ހިދުމަތްތައް ފާހަގަކޮށްފައި ވެއެވެ.