އަޔާދީ ތަކާފުލް

އެލައިޑުގެ އަޔާދީ ތަކާފުލް އިން ފޮޓޯ މުބާރާތެއް

އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލް އިން 1000ރ. ގެ ގަސް ގަނެވޭ ވައުޗަރެއް ލިބޭ ފޮޓޯ މުބާރާތެއް ފަށައިފި އެވެ.

އިންސްޓަގްރާމާއި ފޭސްބުކް މެދުވެރިކޮށް މި މުބަރާތުގައި ބައިވެރި ވާން މިންޓް ނުވަތަ އެބާވަތުގެ ގަހެއް ހައްދައި އެ ގަސް ހެދި ބޮޑުވަމުން އަންނަ ސްޓެޕްތަކުގެ ޕޮޓޯ ނަގަން ޖެހެ އެވެ. އެގޮތުން ހަތަރު ސްޓެޕެއް ފުރިހަމަ ކުރަން ޖެހެ އެވެ. އަދި އަޕްލޮޑު ކުރާ ކޮންމެ ޕޮޓޯއެއްގައި އެލައިޑް އިންޝުއަރެންސް އާއި އަޔާދީ ތަކާފުލް ޓެގް ކޮށް "ގްރޯ ވިތް އެލައިޑް" އިނގިރޭސި ބަހުން ލިޔެ ހޭޝްޓެގެއް ޖަހަން ޖެހެ އެވެ.

ފުރަތަމަ ހައްދަން ބޭނުންވާ ގަހުގެ އޮށް އިންދަނިކޮށް ފޮޓޯ ނަގަން ޖެހެ އެވެ. ދެވަނައަށް އޮށުން ގަސް ފަޅާފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ނަގަން ޖެހެ އެވެ. ތިން ވަނައަށް ގަސް ހެދެމުން އަންނަ މަންޒަރު ފެންނަ ފޮޓޯ އެއް ނަގަން ޖެހެ އެވެ. ހަތަރު ވަނަ ސްޓެޕަކަށް އެލައިޑުގެ ކަލަންޑަރާއެކު ހައްދާފައިވާ ގަހުގެ ފޮޓޯއެއް ނަގަން ޖެހެ އެވެ.

އަޔާދީ ތަކާފުލް އިން ބުނީ ނަގާ ފޮޓޯ އާންމުންނަށް ފެންނާނެ ހެން އަޕްލޯޑު ކުރުމަށެވެ. އަދި ވަގުތު ހަމަވުމުގެ ކުރިން ހުރިހާ ސްޓެޕެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ. މި ފުރުސަލު ހުޅުވާލާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުޗއެވެ. އަދި ބައިވެރިވެވޭ އެންމެ ފަހު ތާރީހަކީ މެއި މަހުގެ ނިޔަލަށެވެ. ބައިވެރިވާ ފަރާތް ތަކުގެ ތެރެއިން 10 ފަރާތެއް ހޮވާނެ އެވެ.