އެމެރިކާގެ ރައީސް ޖޯ ބައިޑަން ބުރާސްފަތި ދުވަހު ސައޫދީ ރަސްގެފާން، ސަލްމާނަށް ގުޅުއްވައި މަޝްވަރާ ކުރައްވައިފި އެވެ. މި ބައްދަލުވުމާ މެދު ގިނަ ބަޔަކަށް ހީވެފައި އޮތް ގޮތާ ހިލާފަށް މަޝްވަރާ ކުރެވުނު ކަމަށް ވައިޓް ހައުސްއިން ބުނީ ދެ ގައުމުގެ ގުޅުމާއި ސަރަހައްދީ މަސްލަހަތާ ބެހޭ ގޮތުން ކަމަށެވެ. ދެ ބޭފުޅޫން ދެއްކެވި ވާހަކަތައް ލަފުޒުން ލަފުޒަށް ވައިޓް ހައުސްއިން ތަރުޖަމާއެއް ނުކޮށްދެ އެވެ.
ބައިނޑަން ދެއްކެވި ވާހަކަތަކުގެ ތެރޭގައި އެމެރިކާއިން ވިސްނާ ގޮތް ވަރަށް ރަނގަޅަށް ކިޔައި ދެއްވި އެވެ. އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށާއި މަސްލަހަތު ގާއިމު ކުރަން އެމެރިކާ ވެފައި އޮތް ވައުދު ފުއްދަން ޖެހޭ ކަމަށް ވެސް ރަސްގެފާނަށް ދެންނެވި އެވެ. މިހިސާބުން ވާހަކަ ބަދަލުވާން ޖެހެނީ ތުރުކީގައި ހުންނަ ސައޫދީ އެމްސަބީގައި މަރާލި ޖަމާލް ހަޝޯގީއަށެވެ. ބުނެވޭ ގޮތުގައި މި ހާދިސާއާ ގުޅުން ހުރި ރިޕޯޓެއް އެމެރިކާއިން ވަރަށް އަވަހަށް އާންމު ކުރާނެ އެވެ.
ގިނަ ބަޔަކު އިންތިޒާރު ކޮށްގެން ތިބީ ބައިޑަން ރަސްގެފާނަށް ގުޅުއްވައި މި ރިޕޯޓާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެެވެ. އެއީ ރަސްގެފާނުންގެ ދަރިކަލުން މުހައްމަދު ބިން ސަލްމާންގެ މަސްލަހަތާ ގުޅިފައިވާ ކަމަކަށް ބުނެވޭތީ އެވެ. އެހެން ނަމަވެސް، ވައިޓް ހައުސްއިންއިން ބުނީ ރިޕޯޓާބެހޭ ގޮތުން ސީދާ ވާހަކަތަކެއް ދެ ބޭފުޅުން ނުދައްކާވާ ކަމަށާއި މައުލޫގެ މައިގަނޑަކީ އިންސާނީ ހައްގުތައް ހިމާޔަތް ކުރުން ކަމަށެވެ.
ބައިޑަންގެ ވާހަކާގައި މިފަހަރު ވެސް ޔަމަނަށް އަލިއަޅުވާލެއްވި ކަމަށް ވައިޓް ހައުސްއިން ބުނެ އެވެ. ޔަމަނު ހަމަ މަގަށް އަޅުވާނެ ގޮތަކާ ބެހޭ ގޮތުން ވެސް ރަސްގެފާނާ މަޝްވަރާ ކުރެއްވި ކަމަށާއި އަގު ބޮޑު އަދި ގެންލުން ބޮޑު ހަނގުރާމަތަކަށް މަގުފަހި ނުވާ ގޮތަށް މަސްލަހަތު ބަދަލު ކުރުމަށް ބާރުއެޅުއްވި ކަމަށެވެ.
ވައިޓް ހައުސްއިން ބުނީ ދެ ގަައުމުގެ މަސްލަހަތު ހުރި ކަންތައްތަކުގައި ގުޅުން ކަނޑައިގެން ނުދާނެ އެންމެހާ ގޮތްތަކަށް އިސްކަން ދެއްވާނެ ކަމަށް ބައިޑަން ރަސްގެފާނަށް ދެންނެވި ކަމަށެވެ. އަދި ދެގައުމު ގުޅިގެން ކުރާ ހުރިހާ ކަމެއް ދެފުށް ފެންނަ ގޮތަށް އިތުބާރު ބޮޑުވާ ގޮތަށް ކުރައްވާނެ ކަމަށް ވެސް ދެންނެވި ކަމަށެވެ.