ދުނިޔެ

ސީރީއާގައި ހަރަކާތްތެރިވާ އީރާން ސިފައިންނަށް އެމެރިކާ ހަމަލާދީފި

ސީރީއާގެ އިރުމަތީ ސަރަހައްދުތަކުގައި ގާއިމުވެ ތިބި އީރާން ބާޣީ ސިފައިންނަށް އަމާޒުކޮށް ބުރާސްފަތި ދުވަހު އެމެރިކާއިން ހަމަލާ ދީފި އެވެ. އީރާގުގައި ތިބި އެމެރިކާ ސިފައިންނަށް ނުރައްކާކުރާ ކޮންމެ ބަޔަކަށް ހަމަލާ ދޭނެ ކަމަށް އެމެރިކާއިން ކުރިން ވެސް އޮތީ ބުނެފަ އެވެ.

އެމެރިކާއިން ބުނި ގޮތުން އިރުބީލް އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ރޮކެޓް ހަމަލާތައް މުގޫލާފައި އޮތީ އީރާނަށެވެ. މި ހަމާލާގައި އެމެރިކާ މީހަކު މަރުވެ ސުލްހަ ބަހަލައްޓާ ސިފައިންނަށް ވަނީ އަނިޔާވެފަ އެވެ. އެމެރިކާ ޑިފެންސް މިނިސްޓްރީން ނެރުނު ބާޔާނެއްގައި ބުނެފައި ވަނީ ހަމަލާ ދިން ބޭނުން ފުދުނު ކަމަށާއި މިވަތުގަށް މިވަރު ރަނގަޅު ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ހަމަލާ ދިނީ ރައީސް ބައިޑަން އިރުޝާދު ދެއްވި ގޮތަށް ކަމަށާއި ހަމަލާ އަމާޒުކުރީ މީހުންނަށް ވުރެ ބޮޑަށް އެމީހުންގެ ވަސީލަތްތަކަށް ކަމަށެވެ. އެހެން ނަމަވެސް، "ސީރިއަން އޮބްޒަވޭޓަރީ ފޮ ހިއުމަން ރައިޓްސް" އިން ބުނީ އެމެރިކާއިން ދިން ހަމަލާގައި 17 މީހުން މަރުވި ކަމަށެވެ.

ޕެންޓަގަން ޕްރެސް ސެކްރެޓަރީ ޖޯން ކާބީ ވިދާޅުވީ ހަމަލާ އަކީ ބަދަލު ހިފުމަށް ދިން ހަމަލާއެއް ކަމަށެވެ. އެއީ އިރާގުގައި ތިބި އެމެރިކާ މީހުންނަށް އަދި ސުލްހަ ބަލަހައްޓާ ކޯލިޝަނަށް ދިން ހަމަލާގައި ގެއްލުން ލިބުނު މީހުންގެ ފަރާތުން ދިން ހަމަލާއެއް ކަމަށެވެ.

ޕްރެސް ސެކްރެޓަރީގެ ވާހަކަތައް ހުރީ ކުރިއަށް އޮތް ތަނުގައި ވެސް ބަދަލަށް ބަދަލު ހިފާ ގޮތަށެވެ.