ހަބަރު

ސައިކަލްތަކެގައި ހުޅުޖަހައި އަންދާލައިފި

Oct 31, 2015
7

ޕާކްކޮށްފައި ހުރި ސައިކަލްތަކެއްގައި މިރޭ އަލިފާން ރޯކޮށް އަންދާލައިފި އެވެ. ދަންވަރު ގާތްގަނޑަކަށް 2:25 އެހަކަންހާއިރު ހުޅުޖަހާފައި ވަނީ ކަރަންކާމަގުގައި ޕާކްކޮށްފައިވާ ސައިކަލްތަކެއްގަ އެވެ.

ހުޅު ޖެހުމުގެ ސަބަބުން އެ ޒޯނުންގައި ހުރި ތިން ސައިކަލެއް އަނދައިގެން ގޮސްފައިވާއިރު ރޯކޮށްލާފައި ހުރި މަންޒަރު ފެނުމާއެކު އާންމުން ރިޕޯޓް ކުރުމުން ސިފައިންނާ ފުުލުހުން ގޮސް ވަނީ 2:30 އެހާކަންހާއިރު ނިއްވާލާފައެވެ.

ތިން ސައިކަލް ވަރަށް ބޮޑަށް އެނދި އިރު މުޅި ސަރަހައްދަށް ދުމާއެކު ރަަބަރު އަނދާވަސް ވަނީ ފެތުރިފައެވެ. ރަބަރު އަނދާ ވަހާއި ބޯ ދުން ސޯސަން މަގާ ހަމައަށް ފެތުރުނެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނީ ބަޔަކު ސައިކަލްތަކުގައި ރޯކޮށްލުމަށްފަހު ފިލީ ކަމަށާއި ސިފައިންގެ ފަޔާ ލޯރި އައީ ސަައިކަލްތަކުގައި ރޯވެ އަނދަމުން ދަނިކޮށް ކަމަށެވެ.