އެމްއެމްއޭ

2020 ގައި އިންޝުއަރެންސް ޕްރިމިއަމް ފަސެންޓް ދަށަށް

Feb 27, 2021

ކޮވިޑް-19 އިގެ ސަބަބުން އިންޝުއަރެންސް ކުންފުނިތަކަށް ޕްރިމިއަމް ދެއްކި އަދަދު މިދިޔަ އަހަރު ފަސް ޕަސެންޓަށް ދަށްވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރެފައިވާ ކްއާޓަލީ އިކޮނޮމިކް ބްލެޓިން ގައިވާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު އިންޝުއަރެންސް ކުންފުނިތަކުގެ ޖުމްލަ އެސެޓް ހުރީ 1.7 ބިލިއަން ރުފިޔާގަ އެވެ. އަދި ކޮވިޑް-19 ގެ ސަބަބުން މި ސިނާއަތުގެ ކުރިއެރުން މަޑު ޖެހުނު ނަމަވެސް އަހަރުން އަހަރަށް ބަލާނަމަ 19 ޕަސެންޓުގެ ކުރިއެރުމެއް އައިސްފައި ވެއެވެ.

އިންޝުއަރެންސް ކުންފުނިތަކަށް ގްރޮސް ރިޓަން ޕްރިމިއަލް (ޖީޑަބްލިއުޕީ) ގެ ގޮތުގައި 886.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް އިންޝުއަރެންސް ނަގާ ފަރާތްތަކުން ދައްކާ މި ޕްރިމިއަމް ދެއްކި އަދަދު ވަނީ ފަސް ޕަސެންޓް ދަށްވެފަ އެވެ. ދަށްވެފައި ވަނީ މެރިން ކާގޯ އިންޝުއަރެންސް އާއި މެރިން ހަލް އިންޝުއަރެންސް އަދި ލައިބިލިޓީ އިންޝުއަރެންސުގެ އިތުރުން ހެލްތް އިންޝުއަރެންސް އެވެ.

ކޮވިޑް-19 އިގެ ސަބަބުން އިންޝުއަރެންސް ކުންފުނިތަކަށް ލިބުނު އާމްދަނީ ވަނީ ހަ ޕަސެންޓް ދަށްވެ، 143.3 މިލިއަން ރުފިޔާ އަށް ވެއްޓިފަ އެވެ.