އިންޝުއަރެންސް ވިޔަފާރި

އިންޝުއަރެންސް އެސެޓް 36 ޕަސެންޓް އިތުރު

އަލިފާން ރޯވި ފިހާރައެއް ނިއްވުމުގައި ސިފައިން ހަރަކާތްތެރިވަނީ: އިންޝުއަރެންސް ބަދަލުގެ ގޮތުގައި ދިން ފައިސާގެ ބޮޑު ބައެއް އަލިފާނުން ލިބޭ ގެއްލުންތައް ހިމެނޭ -- ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
0%
0%
0%

ރާއްޖޭގައި ހަރަކާތްތެރިވާ އިންޝުއަރެންސް ކުންފުނިތަކުގެ ޖުމްލަ އެސެޓަށް 36 ޕަސެންޓް އިތުރު ވުމެއް އަތުވެއްޖެ އެވެ.

އެމްއެމްއޭގެ އިންޝުއަރެންސް ރިޕޯޓް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖޭގެ އިންޝުއަރެންސް ކުންފުނިތަކުގެ ޖުމްލަ އެސެޓް 36 ޕަސެންޓް އިތުރު ވެފައިވާއިރު ދެ ބިލިއަން ރުފިޔާގެ ކުރިއެރުމެއް ލިބި، ޖުމްލަ އިކުއިޓީ ވެސް ވަނީ ނުވަ ޕަސެންޓުގެ އިތުުރުވުމެއް އައިސްފަ އެވެ.

ރާއްޖޭގެ އިންޝުއަރެންސް ކުންފުނިތަކުން ވިޔަފާރި ރަނގަޅުވާން ފަށާފައި ވަނީ ކޮވިޑް-19 އާ ގުޅިގެން އިކޮނޮމިކް ހަރަކާތްތައް އެއްކޮށް ހުއްޓުމަށް ފަހު ހިނގައިގަތުމާ ގުޅިގެންނެވެ.

ޕްރިމިއަމްއަށް 234 މިލިއަން ރުފިޔާ

މި ކުރިއެރުމާއެކު މި އަހަރުގެ ފުރަތަމަ ތިންމަހު އިންޝުއަރެންސް ކުންފުނިތަކަށް އިންޝުރެންސް ނަގަން ދައްކަން ޖެހޭ، ގްރޮސްރިޓަމް ޕްރިމިއަމް (ޖީޑަބްލިއުޕީ) ގޮތުގައި ވަނީ 323.9 މިލިއަން ރުފިޔާ ދައްކާފަ އެވެ. މިއީ މިދިޔަ އަހަރުގެ ފަހު ތިން މަސް ދުވަހާ އަޅާ ބަލާއިރު 49 ޕަސެންޓުގެ އިތުރު ވުމެކެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހާ އަޅާ ކިޔާނަމަ 9.8 މިލިއަން ނުވަތަ ތިން ޕަސެންޓުގެ އިތުރު ވުމެކެވެ. މި މުއްދަތުގައި އެންމެ މަތިން ޕްރިމިއަމް ދެއްކީ އަލިފާނާއި ހެލްތު އަދި މެރިން ހަލް އިންޝުއަރެންސް އަށެވެ. އެއީ މުޅި ދާއިރާގެ ޕްރިމިއަމްގެ 68 ޕަސެންޓެވެ.

ބަދަލު ދިން އަދަދު އިތުރުވި

އިންޝުއެންސް ސިނާއަތަށް ކުރިއެރުން ލިބެމުން ދިއުމާއެކު ބަދަލުގެ ގޮތުގައި އިންޝުއަރެންސް ކުންފުނިތަކުން ދެއްކި އަދަދު ވެސް ވަނީ މަތިވެފަ އެވެ. މި އަހަރުގެ ފުރަތަމަ ތިން މަހު 65.8 މިލިއަން ރުފިޔާ ބަދަލަށް ދީފައިވާއިރު، މިދިޔަ އަހަރު މި އަދަދު އުޅެނީ 75.5 މިލިއަން ރުފިޔާގަ އެވެ. ބަދަލުގެ ގޮތުގައި ދިން އަދަދު އެންމެ މަތީ މައިގަނޑު ގޮތެއްގައި އަލިފާނުގެ ހާދިސާތަކާއި ކަނޑުއުޅަނދު ފަހަރަށް ދިމާވާ ހާދިސާ ތަކަށް ބަދަލު ދޭ މެރިން ހަލް އިންޝުއަރެންސަށެވެ.

މި ދާއިރާއަށް ލިބެމުންދާ ކުރިއެރުންތަކާއެކު މި މުއްދަތުގައި މި ސިނާއަތުގެ އިންވެސްޓްމަންޓް ވެސް ވަނީ 28 ޕަސެންޓް އިތުރުވެ، 558.8 މިލިއަން ރުފިޔާ އަށް އަރާފަ އެވެ. ނަމަވެސް ނިމިދިޔަ ތިން މަހު ބަދަލު ދިނުން އިތުރު ވުމާއެކު ފައިދާވަނީ 29 ޕަސެންޓް ވަނީ ދަށްވެފަ އެވެ.

ރާއްޖޭގައި އިންޝުއަރެންސް ފަސް ކުންފުންޏެއް ހަރަކާތްތެރިވެ އެވެ. ރާއްޖޭގައި ހަރަކާތްތެރިވާ އިންޝުއަރެންސް ކުންފުނިތަކަކީ އެލައިޑް އިންޝުއަރެންސް އާއި އަމާނާތަކަފުލް އަދި ދިވެހި އިންޝުއަރެންސުގެ އިތުރުން ސޮލަރެލް އިންޝުއަރެންސް އާއި ސިލިންކޯ އިންޝުރެންސް އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345