މުލި

މުލީގައި އެއާޕޯޓް ހަދަން ހަވާލުކޮށްފި

މ. އަތޮޅު މުލީގައި އެއާޕޯޓެއް ހެދުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީ އިން އެމްޓީސީސީ އާއި މިއަދު ހަވާލު ކޮށްފި އެވެ.

މުލީގައި ހަދާ އެއާޕޯޓުގެ މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

މި މަޝްރޫއުގައި އެއާޕޯޓަށް ބޭނުންވާ އިތުރު ބިން ހިއްކުމާއި ރިވެޓްމެންޓް ޖެހުން، 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި، ޓާމިނަލް އިމާރާތް ހެދުމުގެ އިތުރުން އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމު ކުރުން ހިމެނެ އެވެ.

މުލީގައި އެއާޕޯޓެއް އެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެމަނިކުފާނު ވަނީ ރިޔާސީ ކެމްޕޭނު ދުވަސްވަރު އެރަށަށް ވަޑައިގެން އެރަށުގައި އެއާޕޯޓެއް ހަދައި ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.