ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސ. މީދޫ

އައްޑޫ މީދޫން އިތުރު ދެ މީހަކު ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީ މީދޫ އިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެ ރަށުން ފުރަތަމަ ބަލި ފެނުނީ ނެގި ރެންޑަމް ސާމްޕަލްތަކުން ދެ ސާމްޕަލެއް ޕޮޒިޓިވް ވެގެންނެވެ. އެއީ މި މަހުގެ 22 ވަނަ ދުވަހުއެވެ.

އެޗްއީއޯސީން މިރޭ ބުނީ މީދޫން އިތުރު ދެ ކޭސް ފެނިފައިވާ ކަމަށާ މިހާތަނަށް އެ ރަށުން 13 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ދެ ކްލަސްޓާއެއް އޮތް އައްޑޫ ސިޓީއިން މިހާތަނަށް 51 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 11 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 40 އެވެ.

ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ހުޅުދޫމީދޫ ގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ވަނީ އަންގާފައެވެ.

އައްޑޫ ސިޓީ ހުޅުމީދޫގައި އެޅި ފިޔަވަޅުތައް

  • ރޭގަނޑު 8 ކުން ފަތިހު 4އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ،
  • މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާ،
  • ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާ،
  • އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުން،
  • އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުން،
  • އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވުން މަނާ،
  • ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރުން،
  • ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓާލުން،
  • ޔުނިވާސިޓީތަކާއި ކޮލެޖް، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓާލުން،
  • ހޮޓާ/ކެފޭ، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުން