ވިޔަފާރި

ކޭމް ބޯޑުގެ ޖަލްސާއަށް ބޭއްވުމާ ބެހޭ ގަވައިދެއް

Mar 1, 2021

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ބޯޑުގެ ޖަލްސާތައް ބޭއްވުމާ ބެހޭ ގަވައިދެއް އެކުލަވާލާއިފި އެވެ.

ރާއްޖޭގެ އިންޓަނެޓުގެ ސްލޯކަމަށް ބުނެ ސަރުކާރު ހިންގާ އެމްޑީޕީ އިން ކޭމްއަށް ފާޑު ކިޔަމުންދާ ވަގުތެއްގައި އެކުލަވާލާ ނެރުނު ގަވައިދުގައިވާ ގޮތުން ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއެއް ބޭއްވޭނީ، ބޯޑުގެ ތިން މެންބަރުން ހާޒިރު ވެގެންނެވެ. އަދި ބޯޑުން ކަމެއް ނިންމިކަމަށް ބެލެވޭނީ، ބޯޑުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުން އެ ކަމެއް ފާސްވުމުންނެވެ.

މި ގަވައިދުގައިވާ ގޮތުން މަދުވެގެން ކޮންމެ ތިން މަހަކުން އެއް ފަހަރު ބޯޑުގެ ޖަލްސާއެއް ބާއްވަންވާން ޖެހެ އެވެ. އަދި ބޯޑުގެ ތިން މެންބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުން ބޯޑުގެ ޖަލްސާއެއް ބޭއްވުމަށް ބޭނުންވާނަމަ، ސަބަބު ބަޔާންކޮށް، ބޯޑުގެ ޗެއަރމަނަށް އެކަން ހުށަހަޅަން ޖެހެ އެވެ. އަދި ބޯޑުގެ ޗެއާމަމަނަށް އެ ނޯޓިސް ލިބޭތާ ފަސް ތެރޭގައި އެ ނޯޓިހުގައި ހުށަހަޅައިފައިވާ ގޮތުގެ މަތިން ބޯޑުގެ ޖަލްސާއެއް ބާއްވަން ލާޒިމް ކުރެ އެވެ.

ރާއްޖޭގައި އިންޓަނެޓު ހަލުވި ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. ނަމަވެސް ވެރިކަމަށް އައިތާ ތިން އަހަރު ވެގެންދާއިރު ވެސް އެ ބަދަލު ގެނެވިފައެއް ނުވެ އެވެ.