ރާއްޖޭގެ އެކި ކަންކޮޅުތައް ގުޅާލުމުގައި އުރީދޫ މޯލްޑިވްސް އިން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން އުރީދޫ 5ޖީ ހިދުމަތް ރާއްޖޭގެ 60 ޕަސެންޓަށް މިއަދުން ފެށިގެން ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު އެ ކުންފުނިން ބުނީ ޒަމާނީ ޓެކްނޮލޮޖީ އާއި އިނޮވޭޓިވް ސޮލިއުޝަންތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުން ގުޅާލުމަށް ދެ އަހަރު ވަންދެން ކުރަމުން އަންނަ މަސައްކަތުގެ ކައުންޓްޑައުން ފެށުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ.
މިއާއެކު އުރީދޫ އިން ވަނީ ކަސްޓަމަރުން ޑިޖިޓަލް ދިރިއުޅުން ފުރިހަމަކުރުމަށް ކުރަމުންގެންދާ މަސައްކަތުގައި އާ އަދި އިތުރު ހިދުމަތްތައް އިއުލާނުކޮށްފަ އެވެ.
އުރީދޫ 5ޖީ: މުޅި ރާއްޖެއަށް ކަވަރޭޖް ފުޅާކުރުން
އުރީދޫ އިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތައް ގުޅާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އުރީދޫ 5ޖީ މިހާރު ރާއްޖޭގެ 60 އިންސައްތައަށް މިއަދުން ފެށިގެން ލިބޭނެ ކަމަށާއި މި މަސައްކަތުގެ ފޭސް ތިނެއްގައި 100 އިންސައްތަ ކަވަރޭޖް ހާސިލްކުރެވޭނެ އެވެ.
ނޫޖޫމް: ލޯޔަލްޓީ ޕްރޮގްރާމް
އުރީދޫގެ ލޯޔަލްޓީ ޕްރޮގްރާމް -- ނުޖޫމް ފަރުމާކޮށްފައިވަނީ ހުރިހާ ކަސްޓަމަރުންގެ ބައިވެރިވެވޭ ގޮތަށެވެ.
ނުޖޫމްއާއެކު ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް ކުރާ ކޮންމެ ޓްރާންސެކްޝަނަކާއެކު ޕޮއިންޓް ހޯދައި، އުރީދޫގެ ގިނަ ހިދުމަތްތަކަށާއި ތާޑް ޕާޓީ އޮފާތަކަށް ރިޑީމް ކުރެވޭނެ އެވެ.
މި ޕްރޮގްރާމަކީ ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަށް ރޭވިފައިވާ ޕްރޮގްރާމެކެވެ. ނޫޖޫމްއަކީ އުރީދޫ ގްރޫޕުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ ލޯޔަލްޓީ ޕްރޮގްރާމެކެވެ.
އާޗާ ސުޕަނެޓް އަދި އާޗާ އެއާފައިބާ : ޑެއިލީ ޑޭޓާ މިހާރު ފައިބަ ބްރޯޑްބޭންޑަށް
އުރީދޫގެ އާޗާ ސުޕަނެޓުން ކޮންމެ ދުވަހަކު ޑޭޓާ ލިބޭ ޕްލޭންތަކެއް ވަނީ ތައާރަފުކޮށްފަ އެވެ.
ބްރޯޑްބޭންޑް މެދުވެރިކޮށް ކަސްޓަމަރުން ގުޅިފައި ތިބުމަށާއި، ކޮންމެ ދުވަހަކު ވެސް މެދުނުކެނޑި އިންޓަނެޓްގެ ހިދުމަތް ލިބުމަށް މި ޕްލޭންތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރަށް ފަސޭހަވެގެން ދާނެ ކަމަށް އުރީދޫން ބުނެ އެވެ.
އޭއައި ޕޯސްޓްޕެއިޑް: އޭއައި މެދުވެރިކޮށް ޕޯސްޓްޕެއިޑް ޕްލޭން ތައްޔާރުކޮށްލާ
އުރީދޫ މޯލްޑިވްސް އިން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭއައި ޕޯސްޓްޕެއިޑް ތައާރަފުކޮށްފަ އެވެ.
މިއާއެކު އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކަސްޓަމަރުންގެ ބޭނުންތަކާއި ބޭނުންކުރުމުގެ ވައްޓަފާޅިއަށް ފެތޭ ގޮތަށް ޕާސަނަލައިޒްޑް ޕޯސްޓްޕެއިޑް ޕްލޭންތައް ތައްޔާރުކުރެވޭނެ އެވެ.
ހެއްސަ ޑޭޓާ: ރާއްޖޭގެ އެންމެ ބޮޑު ޑޭޓާ އެލަވަންސް
ހެއްސަ ޑޭޓާ އަކީ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑްއަށް ތައާރަފުކުރެވޭ ރާއްޖޭގެ އެންމެ ބޮޑު ޑޭޓާ އެލަވަންސް ލިބޭ ޕްލޭން އެވެ.
ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ގިނަ ޑޭޓާ ބޭނުންކުރާ ފަރާތްތަކަށް މި އޮފާ އަކީ އިންޓަނެޓު ބޭނުން ކުރުމާއި ސްޓްރީމް ކުރުމާއި ޗެޓުކުރުމުގައި ލިމިޓަކާ ނުލައި ގުޅާލުމުގެ މިނިވަންކަން ފަހިކޮށްދޭ ޕްލޭނެކެވެ.
އާޗާ ދަންދަން: ދަންވަރަށް ހާއްސަ
ސޯޝަލް މީޑިއާގައި ދަންވަރު ވަގުތު ހޭދަކުރާ ފަރާތްތަކަށް ހާއްސަ އާޗާ ދަންދަން އިން ކޮންމެ ދުވަހަކު ވެސް ސޯޝަލް މީޑިއާގެ ގިނަ އެޕްލިކޭޝަންތަކަށް ޑޭޓާ އެލަވަންސެއް ލިބޭ އިރު، އުރީދޫ އިން ތައާރަފުކުރި "ދަން ދަން" ދަންވަރު 1:00 އިން ފަތިހު 5:00 އަށް ލިބޭނެ އެވެ.
މި ޕްލޭންއާއެކު މެދުނުކެނޑި ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރެވޭނެ އެވެ.
އެންޓަޓައިނިއާ: އެންޓަޓެއިންމަންޓް އާ ހަރުފަތަކަށް
މުނިފޫހިފިލުވުމުގެ ގިނަ އެޕްލިކޭޝަންތަކާއި އެޕްތައް ހިމެނޭ ހާއްސަ ޕެކޭޖު -- އެންޓަޓައިނިއާ ފީޗާގައި ސޮނީލިވް އާއި ލަޔަންސްގޭޓް ޕްލޭ ހިމެނޭ ފިލްމު ޕެކް އޮޕްޝަންތަކުގެ އިތުރުން ސްނެޕްޗެޓާއި ޓިކްޓޮކްގެ ސޯޝަލް އެންޓަޓެއިންމަންޓް ޕެކްތައް ވެސް ހިމެނެ އެވެ.
އުރީދޫ ނޭޝަން: ގްލޯބަލް ފޭސްއޮފް
އުރީދޫ ނޭޝަން: ގްލޯބަލް ފޭސްއޮފް އަކީ 1،919 ޑޮލަރުގެ ޕްރައިޒް ޕޫލަކާއެކު ރާއްޖެ އާއި ގަތަރުގެ ޓީމުތައް ވާދަކުރާ ރޮކެޓް ލީގު މުބާރާތެކެވެ. މިމަހުގެ އަށްވަނަ ދުވަހުން ނުވަ ވަނަ ދުވަހަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތަކީ އުރީދޫ ނޭޝަންގެ އިންޓަނޭޝަނަލް ފުރަތަމަ މުބާރާތެެވެ.
އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، ޑިޖިޓަލް ޓްރާންސްފޯމޭޝަން ގެނައުމަށާއި، އިނޮވޭޓިވް ސޮލިއުޝަންތަކާއި، ތަފާތު ޚިދުމަތުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުން ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އިތުބާރާއި އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށާއި، ކުރިއަށް އޮތްތަނުގައި އާ އީޖާދީ ޓެކްނޮލޮޖީ ތައާރަފުކޮށް ފުޅާކުރުމަށް މަސައްކަތްކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.