ވިޔަފާރި

އުރީދޫން ސެމްސަންގް ފަހުގެ ފޯނު ޕްރީއޯޑަރަށް ހުޅުވާލައިފި

Jan 21, 2021

އުރީދޫން ސެމްސަންގް ކުންފުނީގެ ފަހުގެ ފޯނު ކަމަށްވާ، ގެލެކްސީ އެސް 21 ޕްލަސް އަދި ގެލެކްސީ އެސް 21 ޕްލަސް އަލްޓްރާ ޕްރީ - އޯޑަރަށް ހުޅުވާލައިފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނި ގޮތުގައި އެންމެ ހަލުއި މޮބައިލް ނެޓްވޯކް ކަމަށްވާ 5ޖީ ލިބޭ ސެމްސަންގް ފަހުގެ ފޯނު އެ ކުންފުނިން އޮންލައިންކޮށް މިހާރު ޕްރީއޯޑަރު ކުރެވޭނެ އެވެ.

ޕްރީއޯޑަރު ކޮށްގެން ގަންނަ ކޮންމެ ސެމްސަންގް ގެލެކްސީ ފޯނަކާއެކު، ކޮންމެ މަހަކު ދެ ޖީބީ ހިލޭ ޑޭޓާ، ހަ މަސް ދުވަހުގެ މުއްދަތަށް ލިބޭނެ އެވެ. މީގެ އިތުރުން ޕްރީ އޯޑަރު ކުރާ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 20 ޕްލަސްއަކާއެކު ސްމާޓް ޓެގް ގެލެކްސީ ފިޓް ދޭއް ފިޓްނަސް ބޭންޑްއެއް ވެސް ލިބެ އެވެ.

ގެލެކްސީ އެސް 21 ޕްލަސް އަލްޓްރާ ފޯނަށް އޯޑަރު ކުރާ ފަރާތްތަކަށް ހިލޭ ޑޭޓާގެ އިތުރުން ސްމާޓް ޓެގް އަދި ގެލެކްސީ ބަޑްސް ލައިވް ޕްލަސް އެއް ވެސް ލިބޭނެ އެވެ.

ސެމްސަންގް ފަހުގެ ފޯނު ވިއްކާ އަގު

  • ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް: އަގު 22،799ރ.
  • ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް: އަގު 27,399ރ.

ގެލެކްސީ އެސް 21 ސީރީޒްގެ ޕްރީއޯޑަރަށް ހާއްސަ އޮފާއެއްގެ އިތުރުން އީ-ސިމް އަޕްގްރޭޑް މުޅިން ހިލޭ އުރީދޫން ލިބޭނެ އެވެ. އަދި ޕްރީއޯޑަރަށް މިއަދު ހުޅުވާލެވުނު ސެމްސަންގް ގެލެކްސީ 21 ޕްލަސް ސީރީޒް ގެ މި ފޯނުތައް އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ގެންގޮސްދޭނެ އެވެ.